ދިރިއުޅެން ބޭނުންވާ އެޕާޓްމަންޓް ހުރީ ލިވިން އެކްސްޕޯގައި

މޯލްޑިވްސް ލިވިން އެކްސްޕޯގައި ގެދޮރު އަޅާއިދޭ އަދި އެފަ މަސައްކަތްތަކުގެ އާލާތާއި ސާމާނު ސަޕްލައި ކުރާ ފަރާތްތަކުން ވެސް ބައިވެރި ވެފައިވެ އެވެ. މި އަހަރު ވެސް 40 ސްޓޯލެއް ބަހައްޓާފައިވެ އެވެ.

ރާއްޖޭގައި ފްލެޓު އަޅާ ކުންފުންޏަކުން ލިވިން އެކްސްޕޯގައި -- މުހައްމަދު ޒައިން | މި

އެޕާޓްމަންޓެއް ހޯދަން ބޭނުންވެ އެވެ؛ އެކަމަކު އެންމެ ރަނގަޅު ކުންފުންޏެއް ނޭނގެ އެވެ. އެޕާޓްމަންޓެއް ހޯދަން ފައިސާ އެއްކޮށްފައި ހުއްޓަސް އެންމެ ރަނގަޅު ފައިނޭންޝަލް މޮޑެލް ހޯދަން ވެސް ދަތިވެ އެވެ. ގެ އަޅަން ބޭނުން ވިޔަސް ލުއި ފަސޭހަ ގޮތަކަށް ލޯނެއް ދޭނެ ބަޔަކު ނޭނގެ އެވެ.

މި ހުރިހާ ނޭނގުމެއްގެ ތެރޭގައި ހުރެ ގެއެއް ނުވަތަ ސެކަންޓް ހޯމެއް / ދެވަނަ ގެއެއް ހޯދަން އުޅެގެން ގިނަ ފަހަރު ހެދެނީ ގޯހެކެވެ. ނުބައި އޮޕްޝަނެއް ހިޔާރު ކުރެވިއްޖެނަމަ ލިބޭނެ ގެއްލުމުގެ ކޮޅެއް ނެތެވެ. މި ހުރިހާ ސުވާލެއްގެ ޖަވާބު މިހާރު ފަސޭހައިން ލިބޭނީ ދަރުބާރުގޭގައި ހިނގާ މޯލްޑިވްސް ލިވިން އެސްޕޯ އިންނެވެ.

ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުން އަދި ފައިނޭންސް ކުރާ މީހުން އަދި ފައިނޭންޝަލް އެޑްވައިޒަރުން ހަރަކާތްތެރިވާ ލިވިން އެކްސްޕޯ އަށް ގޮސްގެން ސެކަންޑް ހޯމް އަކަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބޭނެ އެވެ.

ލިވިން އެކްސްޕޯ ބުނެދިނުން - މިއީ ރާއްޖޭގެ މަޝްހޫރު ހައިރައިޒް ކުންފުނިން އަހަރަކު އެއް ފަހަރު ބާއްވަމުން ގެންދާ ފެއާ އެކެވެ. މިއީ މި ފެއާ ބާއްވަން ފެށި ފަހުން 10 ވަނަ އަހަރެވެ. މިއީ ލައިފް ސްޓައިލް އާއި ހައުސިން މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ފެންނަ ގޮތް ހަދައިދޭން ހައިރައިޒް އިން ގެނެސްދިން ބޮޑު، އަދި އެ މީހުން އިސްކަން ދީފައި އޮންނަ ފެއާއެކެވެ.

ގާތްގަނޑަކަށް 40 ކުންފުންޏާއެކު ކުރި އަށް ދާ މި ފެއާގައި އަވަށްޓެރި ގައުމުތަކުގައި ހުރި ރިއަލްއެސްޓޭޓް ފުރުސަތުތައް ވެސް ދިވެހިންނާ ހަމައަށް ގެނެސް ދެއެވެ. އެހެންވެ ރާއްޖޭގައި މެދުފަންތީގެ ފްލެޓެއް ގަންނަން ނިންމާމީހަކު ފައިސާ އެއްކޮށްގެން ބޭރުގެ ގައުމަކާ ކޮމްޕެއާ ކޮށްލައި އަގުތައް މިނާ ކިރާލުމުގެ ފުރުސަތު އޮންނާނެ އެވެ. އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާގެ ކުންފުނި ތަކުން މި ފެއާގައި ބައިވެރިވަމުން ދެއެވެ.

ހައިރައިސް އިން ފެއާގައި ހޯދައި ދޭ ފްލެޓުގެ އޮޕްޝަންތަކާއި ރާއްޖޭގެ މާކެޓުގައި ހުރި ފްލެޓުތައް އަޅާ ކިޔާލެވޭނެ އެވެ. އެ ފްލެޓުތަކުގެ ސައިޒުތަކާއި ބޭރުން ފްލެޓެއް ގަތީމަ ލިބޭނެ ފައިދާއާއި ހުޅުވޭނެ މަގުތައް ފެއާގައި ކިޔައި ދެމުންދެ އެވެ.

ރާއްޖެއާ ބޭރުގެ ހައުސިން މަޝްރޫއުތައް

ބޭރުގައި ހުރި ރިއަލްއެސްޓޭޓް ފުރުސަތުތަކާއެކު މި ފެއާއަށް ގޮސް ތިބި ސްރީލަންކާގެ ކުންފުނިތަކުން ދަނީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހު އެ ގައުމުގައި ނިމޭ ކޮމްޑެމީނިއަމްތަކާއި ފްލެޓްތަކުގެ މަޝްރޫއުތަކުގެ މައުލޫމާތު ދެމުންނެވެ. އަދި ރާއްޖޭގައި މިހާރު ފްލެޓު އަޅަމުން ގެންދާ ޓާޓާ ކުންފުނިން ދަނީ އެ ކުންފުނީގެ ފްލެޓެއް ގަތުމުން ލިބޭނެ ރީއްޗާއި މޮޅު ކިޔައި ދެމުންނެވެ.

މި ފެއާގައި އެގްޒިބިޓް ކޮށްގެން ތިބި ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ބޯހިޔާވަހިކަމުގައި އެންމެ ބޮޑު ކުންފުނި ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެސް ހިމެނެ އަދި މެދުފަންތީގެ ގެދޮރު އެޅުމާއި ރިއަލްއެސްޓޭޓްގައި ރާއްޖޭގެ ނަން މަޝްހޫރު "ޖަޔަންޓް" ކުންފުނިތަކުގެ ގޮތުގައި ނަން ކުރާ ރެއިންބޯ އާއި ދަމާސް ވެސް އެ މީހުންގެ ހައުސިން މަަޝްރޫއުތަކާއެކު ފެއާގައި މައުލޫމާތު ދެމުން ގެންދެ އެވެ. މިހުރީ ހައްތަހާ ވެސް "ސެކަންޑް ހޯމް" އެއް ނޫނީ ގެއެއް ހޯދަން ބޭނުންވާ މީހަކަށް ހުރި ފުރުސަތުތަކެވެ.

ލިވިން އެކްސްޕޯގައި ހުރި ބައެއް ސާމާނު -- މުހައްމަދު ޒައިން | މި

ފެއާގެ އެއް ޕާޓްނަރުކަމަށްވާ އެޗްޑީސީން ދަނީ ހުޅުމާލޭގައި އަލަށް ފަށަން ތައްޔާރުވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މައުލޫމާތު ދެމުންނެވެ. މި ކުންފުނިން މައުލޫމާތުދޭ ހައުސިން މަަޝްރޫއުތަކުގެ ތެރޭގައި ވިނަރެސް އާއި އަލަށް ސެކަންޑް ފޭސްގައި ހިންގަން ފަށާ ޓޫރިޒަމް އައިލެންޑް މަޝްރޫއު ހިމެނެ އެވެ. މި މަޝްރޫއުގެ ދަށުން އެކި ރޭންޖުތަކުގެ ވިލާތަކާއި ޓޫރިޒަމް ޕްރޮޕަޓީތައް ވެސް ހަދަން ވަނީ ޕްލޭން ކޮށްފަ އެވެ. މިއީ ސެކްޑް ހޯމްއެއް ނޫނީ ޓްރާސްޓިކް ކޮޓަރިއެއް ބޭނުންވާ މީހަކަށް ހާއްސަ މަޝްރޫއުކެވެ.

ގެދޮރުގެ ފައިނޭންސް ކިޔައިދޭނެ މަގުތައް

ގެދޮރުގެ މަޝްރޫއުތަކުގެ އިތުރުން "އެސްޑީއެފްސީ" އާއި "އެޗްޑީއެފްސީ" ފަދަ ކުންފުނި ތަކުން ބޯހިޔާވަހިކަމަށް ހުރި ފައިނޭންސިލް ފެސިލިޓީސްތަކުގެ މައުލޫމާތު ވެސް ދެމުން ގެންދެ އެވެ. އެޗްޑީއެފްސީ އަކީ މިހާރު ވެސް ހަ ޕަސެންޓުގެ އިންޓްރެސްޓުގައި ރަށްރަށުގައި ގެ އަޅަން ލޯނު ދޭ ކުންފުންޏެކެވެ. ސަރުކާރުން ވެފައިވާ ވައުދަކާއެކު ކުރިއަށްދާ އެ ކުންފުނިން ދެމުން ގެންދާ ލޯނުތައް ފަރުމާކޮށްފައި ވަނީ ކުޑަ ދެ ކޮޓަރީގެ ގެއެއް އަޅަން ބޭނުންވާ ފަރާތްތަކަށެވެ. މިއީ ވެސް މި ފެއާއަށް ދާ މީހަކަށް އޮތް ފުރުސަތެކެވެ. ގެއެއް ހޯދަން ބޭނުންވާ މީހަކަށް މި އޮޕްޝަން ވެސް ހިޔާރު ކުރެވޭނެ އެވެ.

ފްލޯރިން ވިއްކާ ކުންފުންޏެއް ލިވިން އެކްސްޕޯގައި -- މުހައްމަދު ޒައިން | މި

ލިވިން އެކްސްޕޯގައި މި އަހަރު ވެސް ހައުސިންގެ ޓެންނޮލޮޖީ ދައްކާލަ އެވެ. ޒަމާނީ ކޮންސްޓްރަކްޝަންގައި ބޭނުން ކުރެވޭނެ ސާމާނާއެކު ބޭރުގެ ކުންފުނިތަކާއި ދިވެހި ކުންފުނިތައް ވެސް މި ފެއާގައި އެބަތިއްބެވެ. ބައެއް ކުންފުނިތަކުން ދަނީ "ކޮޓަރީގެ މޮޑެލް" ކޮޓަރި އިންނާނެ ގޮތް ދައްކާލަން ކޮޓަރި ވެސް އަޅާފަ އެވެ. އެފަދަ ރީތި ކޮޓަރިއެއް ހަދަން ބޭނުން ކުރާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އެ ކުންފުނި ތަކުން ފޯރު ކޮށްދޭނެ އެވެ. މި ހުރިހާ ފަރާތްތަކާއެކު މި އަހަރުގެ ލިވިން އެކްސްޕޯ ވެސް ފެންނަނީ މުއްސަނދިކޮށެވެ. މި އަހަރު ވެސް މި ފެއާވެފައި ވަނީ "ސެކަންޑް ހޯމް" އެއް ހޯދަން ބޭނުންވާ މީހަކަށް އޮތް ފުރުސަތަކަށެވެ. އެ ފުރުސަތު ރާއްޖޭގެ ތެރެއާއި ބޭރުން ވެސް މި ފެއާ އަށް ގޮސްގެން ފަހިވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.