ސެމީގެ ދެ މެޗަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް ގަތަރަށް ކުރެއްވި މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު އޮންނަ ގާތްގުޅުން ރަމްޒުކޮށްދޭ މުހިންމު ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ދެކަނބަލުން މިއަދު ރާއްޖެ ވަޑައިގެންނެވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ގަތަރަށް ވަޑައިގެންނެވީ އެ ގައުމުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑްކަޕް 2022 ގެ ސެމީ ފައިނަލް މެޗްތައް ބައްލަވާލައްވާފަ އެވެ.

ރައީސް ގަތަރަށް ކުރެއްވި މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު އޮންނަ ގާތްގުޅުން ރަމްޒުކޮށްދޭ މުހިންމު ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ދަތުރުފުޅުގައި އުރީދޫގެ އިސްވެރީންނާއި ބައްދަލްކުރުން ފިޔަވައި އިތުރު އެއްވެސް ރަސްމީ ބައްދަލްވުމެއް ބާއްވާފައިވާ ކަމަކަށް ސަރުކާރުން ނުބުނެއެވެ.

ގަތަރުގެ ދަތުރުފުޅަށް ޓިކެޓް ނެންގެވީ ރައީސް ސޯލިހް އަމިއްފުޅަށް ކަމަށް ސަރުކާރުން ބުނެއެވެ. ފަރިއްކޮޅާއި ހުންނެވުމުގެ އިންތިޒާމުތައް ގަތަރު ސަރުކާރުންނެވެ. ރަސްމީ ދަތުރުފުޅެއް، އަމިއްލަފުޅު ހަރަދުގައި ކުރެއްވުމާއި ގުޅިގެން ބައެއް ބޭފުޅުން ވަނީ ސުވާލު އުފައްދަވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.