ހަންގޭރީގައި ކިޔަވަން 25 ސްކޯލަޝިޕް ހުޅުވާލައިފި

މި ސްކޮޕާޝިޕްތަކަކީ ސްޓައިޕެންޑިއަމް ހަންގޭރިކަމް އަދި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ދޭ ސްކޮޕާޝިޕްތަކެކެވެ. ހަންގޭރީގެ ކޮންމެ ޔުނިވާސިޓީއަކުން ވެސް ކިޔެވޭނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން: ހަންގޭރީގައި ދިވެހިން ކިޔަވަން 25 ފުރުސަތު ވަނީ ހުޅުވާލައިފައި --

ބޭރުގެ ގައުމުތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ހަންގޭރީ ސަރުކާރުން ކުރިއަށްގެންދާ "ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލާޝިޕް" ޕްރޮގްރާމުގެ ދަށުން ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު އެކަން އިއުލާނުކުރައްވަމުން ވިދާޅުވެފައި ވަނީ 25 ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

  • 8 ބެޗްލާސް ޑިގްރީ
  • 14 މާސްޓާސް ޑިގްރީ
  • 3 ޕީއެޗްޑީ

މި ސްކޮޕާޝިޕްތަކަކީ ސްޓައިޕެންޑިއަމް ހަންގޭރިކަމް އަދި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ދޭ ސްކޮޕާޝިޕްތަކެކެވެ. ހަންގޭރީގެ ކޮންމެ ޔުނިވާސިޓީއަކުން ވެސް ކިޔެވޭނެ އެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ މިއީ ބޭރުގެ ގައުމަކުން ރާއްޖެއަށް ލިބޭ އެންމެ ބޮޑު ފުރުސަތު ކަމަށެވެ. ހަންގޭރީ އަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޒަމާނީ އިލްމު އުނގަންނައިދޭ ގައުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ ވީހާވެސް ގިނަ ޒުވާނުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖެނުވަރީ މަހުގެ 16 ވަނަ ދުވަހު އެވެ. މި ޕްރޮގްރާމުގެ ދަށުން މީގެ ކުރިން ވެސް ވަނީ ރާއްޖޭގައި ސްކޮލަޝިޕް ދޫކޮށްފަ އެވެ. އެ ބެޗްގައި ކުރިމަތިލި 12 ދަރިވަރުން މިހާރު ދަނީ އެގައުމުގައި ކިޔަވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.