މި މީހުންގެ އެދެނީ އިހުސާސާއި ވާހަކަ އެ މީހުންގެ ގައުމާއި އާއިލާތަކަށް ފޯރު ކޮށްދޭށެވެ. އަނބުރާ ގައުމަށް ފުރުވާލަދޭށެވެ. ބުނާ ގޮތުގައި ރާއްޖޭން އެމީހުނާ ހަވާލުވި ކުންފުނިން އެ މީހުންގެ އަނބިދަރިން އަމިއްލަ ވަޒަނުގައ ބަނޑަށް ޖައްސައިފި އެވެ.
ދިވެހި ވިޔަފާރީގައި މަޝްހޫރު ޖައުސާގެ ޖާހު ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީ މަސައްކަތްތެރިންގެ ކެތްތެރިކަން ކޮޅުންލައި އެ މީހުން މަގު މައްޗަށް ނުކުމެފައި ވެއެވެ.
އެ މީހުން ގެންދަނީ ރަށުތެރޭގައި އިހުތިޖާޖުކޮށް ހައްގުތައް ހޯދަން އާންމު އެހީއަށް އެދެމުންނެވެ. އެ އެންމެންގެ މައިގަނޑު ވާހަކައަކީ ކުންފުނިން އެމީހުންގެ ހައްގު ނިގުޅައިގެންފައިވާ ވާހަކަ އާއި ރެޔާ ދުވާލު ބުރަ މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދީ އެތައް މަހެއް ވާންދެން ހިފަހައްޓާފައިވާ ވާހަކަ އެވެ. އެ ހޯދަން ކުރާ އާދޭސްތަކާއި ލިބިދޭން ޖެހޭ އަސާސީ ހައްގުތައް ކަށަވަރު ކޮށްދޭން އެދޭ އެދުންތަކެވެ.
ޖާހުގައި ތިބި އިންޑިއާގެ 70 ވަރަކަށް މީހުނަށް މުސާރައެއް ނުދެ އެވެ. އިންޑޮނޭޝިއާގެ ވިއްސަކަށް މީހުނަށް މުސާރައެއް ނުދެ އެވެ. އޭގެ ތެރެއިން ގިނަ މީހުނަށް މުސާރަ ނުދޭތާ އެއް އަހަރު ވެފައި ވެއެވެ. އަނެއްބައި މީހުނަށް މުސާރަ ނުދޭތާ ހަމަހެވެ. އެމީހުން ބުނާ ގޮތުން ޖާހުން އެމީހުން ގެންގުޅެނީ އަޅުން ފަދައިން ބަންދު ކޮށްގެނެވެ. ބޭރަށް ދާން ހުއްދައެއް ނުދެ އެވެ.
ބޭސް ފަރުވާގެ ހިދުމަތާއި ރަނގަޅު ކާނާއެއް ނުދެ އެވެ. މި އެންމެން ބުނާ ގޮތުގައި މި ވޭނުގައި އުޅުމަށް ވުރެ ޖަލެއްގައި ތިބެން ރަނގަޅުވާނެ އެވެ. އެމީހުންގެ ޕާސްޕޯޓް އަތުލި ގޮތަށް، އެވެސް ނުދައްކާ އެވެ. ޖާހު ކުންފުނީގެ ވެރިން ތިބެނީ ފިލަ އެވެ. މިޑިއާއަކާ ގުޅުމެއް ނެތެވެ. މި އެންމެންގެ އެދުމަކީ އެމީހުންގެ އިހުސާސާއި ވާހަކަ އެ މީހުންގެ ގައުމާއި އާއިލާތަކަށް ފޯރު ކޮށްދިނުމާއި އަނބުރާ ގައުމަށް ފޮނުވާލައިދިނުމެވެ. އެ މީހުން ބުނާ ގޮތުގައި ރާއްޖޭން އެ މީހުނާ ހަވާލުވި ކުންފުނިން އެ މީހުންގެ އަނބިދަރިން އަމިއްލަ ވަޒަނުގައި ބަނޑަށްޖައްސާފަ އެވެ.