ބޯހިމަނައިފި ؛ ނަތީޖާ ލިބޭނެ ތާރީހެއް ނެތް

ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސެޕްޓެމްބަރާއި އޮކްޓޯބަރު މަހު އެވެ. މިހާތަނަށް އާއިރު ވަގުތީ ނަތީޖާ އިއުލާން ވެފައި ވިޔަސް ދާއިމީ ނަތީޖާގެ ތާރީހެއް ނެތެވެ.

"ބޯހިމެނުން 2022" ގެ ބައިވެރީން: މަސައްކަތް އަދިވެސް ކުރިއަށް ދަނީ

ރާއްޖޭގެ އެންމެ ބޮޑު ގުނުން، ބޯހިމެނުގެ ނަތީޖާ އާންމު ކުރާނެ ތާރީހެއް އަދި ނޭނގޭ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނެފި އެވެ.

ބޯހިމެނުމުގެ މަސައްކަތް ރާއްޖޭގައި ކުރިއަށް ގެންދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބޯހިމެނުމުގެ ނަތީޖާ އިއުލާނު ކުރާނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި އެކަން ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

އެ އިދާރާއިން މިހާރު ކުރަމުން ދަނީ މައުލޫމާތު އެއް ކުރުމާއި ޕްރޮސެސް ކުރުމުގެ މަސައްކަތްތަކެވެ. އެކަމަށް ނަގާނީ ކިހާ ދުވަހެއް ކަމެއް އަދި ނޭނގެ އެވެ.

އެމްބީއެސް އިން އޮކްޓޯބަރު މަހު އާންމުކުރި ވަގުތީ ގުނުމުން ދައްކާ ގޮތުގައި، ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީއަކީ 355،331 އެވެ. އަދި ބިދޭސީންގެ އަދަދަކީ 97،160 އެވެ. މި އަދަދުތައް މިހާރު އިތުރުވުން އެކަށީގެންވެ އެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާއާ ގުޅޭގޮތުން ޝާއިއުކުރި ހަބަރު

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައި ވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. ނަމަވެސް ސްޓެޓިކްސްގެ އެންމެ ފަހުގެ ލަފާ ކުރުމުގެ މައްޗަށް އެކުލަވާލި ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރު ނިމޭއިރު 579،330 މީހުން ދިރިއުޅޭނެ އެވެ.

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އެކަށީގެންވާ މައުލޫމާތު އެއްކުރެވެމުން ނުދެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި 200،000 ބިދޭސީން މިހާރު އުޅޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.