ރައީސް، އުރީދޫ ގުރޫޕްގެ އިސްވެރީންނާއި ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން ސިއްހީ ދާއިރާ އާއި ފައިދާ ހުރި ކާނާ އާއި އަންހެނުން ބާރުވެރި ކުރުވުމާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އުރީދޫއިން މޯލްޑިވްސްއިން ކުރައްވާ މަސައްކަތްތަކައް ފާހަގަ ކުރެއްވި އެވެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އުރީދޫ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރު / ސީއީއޯ އަޒީޒް އަލްއުސްމާން ފަހްރޫއާ އުރީދޫ ގުރޫޕްގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީގެ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވިމި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ އާއި ގަތަރާއި ދެމެދު އޮތް ބަދަހިގުޅުމާއި އިތުބާރާއި އެހީތެރިކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި އުރީދޫ މޯލްޑިވްސް އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން ކުންފުނިކަން ފާހަގަކުރައްވާ ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގައި އެ ކުންފުންޏަކީ މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އާއި ގާތަރުގެ އާއްމު ތަރައްގީގެ ބައިވެރިއެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން ސިއްހީ ދާއިރާ އާއި ފައިދާ ހުރި ކާނާ އާއި އަންހެނުން ބާރުވެރި ކުރުވުމާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އުރީދޫއިން މޯލްޑިވްސްއިން ކުރައްވާ މަސައްކަތްތަކައް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން އެ ކުންފުނީގެ ޑިޖިޓަލް ލިޓަރެސީ ޕްރޮގްރާމާއި ޒުވާނުންގެ އުފެއްދުންތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގެ ގޮތުން ހިންގާ އެކްސެލެރޭޓަރ ޕްރޮގްރާމާއ، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާއި، ހުޅުމާލެ "ސްމާޓް ސިޓީ" އިނީޝިއޭޓިވްއާ ބެހޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.