ކުރީ ސަރުކާރުންވީ އެންމެ ގަދަ މަސް ވައުދަކީ ބެޔަސް ނުބެޔަސް ފައިސާ ދިނުމުގެ ވައުދެކެވެ. އަދި މި ސަރުކާރުންވީ ވައުދުތައް ވެސް ފުކެއްވެސް މަދެއް ނޫން ނެވެ. މަސްވެރިންނަށް ހަމަ ރަނގަޅު ވައުދުތައްވި އެވެ.
ކޮންމެ ސަރުކާރެއް ވެސް ވެރިކަމަށް އަންނަނީ މަސްވެރިންގެ ވެސް ބައިވެރިވުމާއެކުގަ އެވެ. މަސްވެރިންގެ އެހީތެރިކަން ހޯދައިގެނެވެ. އެކަމަކު ވެރިކަމަށް އައުމަށް ފަހު އެ ވައިދުތައް ހަނދާނެއް ނުހުރެ އެވެ. ކުރީގެ ސަރުކާރުން ވެސް ކަންކުރީ އެގޮތަށެވެ. ކުރިން ވީ އެންމެ މަޝްހޫރު ވައުދަކީ "ބެޔަސް ނުބެޔަސް ދޭން ބުނި ފައިސާ" އެވެ. މި ސަރުކާރުން ވެސް މަސްވެރި ވައުދުތަކެއްވި އެވެ.
މަސްވެރިންނަށް މި ސަރުކާރުންވެފައި ވަނީ ކޮން ވައުދުތަކެއް ހެއްޔެވެ؟ މީގެ ތެރޭން ފުދުނީ ކިހާ ވަރެއް ހެއްޔެވެ؟ ޑިސެމްބަރު 10 ގައި އެ ވާހަކަތައް އާކޮށްލަން ރަނގަޅު ކަމަކަށް ނުވާނެ ހެއްޔެވެ؟
"ޖަޒީރާ ރާއްޖެ'" މެނިފެސްޓީ ހިފައިގެން ވެރިކަމަށް އައި މި ސަރުކާރާއެކު މިއީ މަސްވެރިންގެ ދުވަސް ފާހަގަ ކުރާ ހަތަރު ވަނަ އަހަރެވެ. މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެނިފެސްޓޯގައި މަސްވެެރިންގެ ވައުދުތައް ވަރަށް ތަފުސީލުކޮށް "ނޫ އިގްތިސޯދު" ބައިގައި ލިޔެފައި ވެއެވެ.
މަސްވެރިކަމުގެ ވައުދު ލިސްޓު ފެށުމުގެ ގޮތުން ކޮމާކޯޅިއެއްގައި ލިޔެފައިވެ އެވެ.
"މަހަށް ނުކުމެ ބާނާ އެއްޗަކަށް އިސްރާފުވުމެއް ނެތި ހަމަ އަގު ލިބޭނެ އެވެ." މީގެ މާނައަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބުމެވެ.
މަސްވެރިންގެ ވައުދުތަކުގައިވާ ގޮތުން އެމްޑީޕީން ދެކޭ ގޮތަކީ ދިވެހި އިގްތިސޯދުގެ ރޫފަ ހެޔޮ ކުރަން މަސްވެރިކަމުން ނެރެވޭ ފައިދާ މާބޮޑު ތަނުން އިތުރު ކުރެވޭނެ އެވެ. އެގޮތުން މަސްވެރިކަމުގައި އަންހެނުން ބައިވެރިވުމާއި އުފެއްދުންތެރިވުމާއި ހިންމަތާ ނުލައި މަސްވެރި ދާއިރާ ދެމިއޮތުން ފަދަ ކަންކަން ކުރަން އަޅާނެ ފިޔަވަޅުތައް ވައުދުމާނާގައިވެ އެވެ.
މަސްވެރިންގެ ވައުދުތަކުގައި ހުރި ކަންތައްތަކުގެ ތެރޭން އެންމެ ތަފާތު އެއް ކަމަކީ މަސްވެރިން މަސް ބާނައިގެން ގޮސް ސްރީލަންކާ ބާޒާރަށް މަސް ކިރުވާލުމެވެ. އަދި ތެލާއި އެހެނިހެން ބާވަތްތައް ހޯދުމަށް މާދުރަސް ދުއްވަން ނުޖެހި މަސްވެރިންނަށް މަސް އެކްސްޕޯޓް ކުރަން ހުރި ފުރުސަތުތައް ފަހިކޮށް ދިނުމެވެ.
މަސްވެރިންގެ ދުވަސް މިއަދު ފާހަގަ ކުރާއިރު މަސްވެރިނަށް ދިން މެނިފެސްޓޯގައި އޮތީ މި ވާހަކަތަކެވެ.