މެޗު ބައްލަވަން ރައީސް ގަތަރަށް ވަޑައިގަންނަވަނީ ހޯމާގައި

ގަތަރަށް ވަޑައިގަތުމުގެ ކުރިން، އަންނަ ހަފްތާގެ އާދީއްތަ ދުވަހު ރައީސް ގދ. ފަރެސްމާތޮޑާއަށް ވެސް ވަޑައިގަންނަވާނެ އެވެ. އެމަނިކުފާނު އެރަށަށް ވަޑައިގަންނަވަނީ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ގަތަރުގެ އަމީރުއާ ރައީސް ސޯލިހު މީގެ ކުރިން ބައްދަލު ކުރައްވަނީ -- ފައިލް ފޮޓޯ

ފީފާ ވޯލްޑްކަޕް 2022 ގެ މެޗެއް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރަށް ވަޑައިގަންނަވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށް ސަރުކާރުން ބުނެފި އެވެ.

ވޯލްޑްކަޕްގެ މެޗެއް ބައްލަވައިލެއްވުމަށްގަތަރަށް ވަޑައިގަތުމަށް އެގައުމުގެ އަމީރު، ޝެއިޚް ތަމީން ބިން ހަމަދް އަލް ތާމީންގެ ދައުވަތެއް ރައީސްއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެގައުމުގެ ވޯލްޑްކަޕް ބާއްވާތީ މަރުހަބާ ދެންނެވުމުގެ ގޮތުން ރައީސް ވަނީ ކުރިން އަމީރަށް ސިޓީފުޅެއް ވެސް ފޮނުއްވާފަ އެވެ.

ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެފައި ވަނީ ރައީސް ވަޑައިގަންނަވާނީ ސެމީ ފައިނަލްގެ މެޗެއް ބެއްލެވުމަށް ކަމަށެވެ. މިދަތުރުފުޅުގެ ޓިކެޓް ނަންގަވާނީ ރައީސްގެ އަމިއްލަފުޅު ހަރަދުގައި ނަމަވެސް، ގަތަރުގައި ހުންނެވުމާއި ކެއުމުގެ ކަންކަން އެ ގައުމުގެ ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށް އޭނާ ކުރިން ވިދާޅުވެފައިވެ އެވެ.

"ރައީސް ސޯލިހުގެ ސަރުކާރާއެކު ގަތަރުގެ އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު، މި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ،" މިއުވާން ވިދާޅުވި އެވެ.

ރައީސް ގަތަރަށް އެންމެ ފަހުން ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި ގުޅުން ވަރުގަދަވެފައިވާ ކަމަށް މިއުވާން ވިދާޅުވެފައިވެ އެވެ.

ގަތަރަށް ވަޑައިގަތުމުގެ ކުރިން، އަންނަ ހަފްތާގެ އާދީއްތަ ދުވަހު ރައީސް ގދ. ފަރެސްމާތޮޑާއަށް ވެސް ވަޑައިގަންނަވާނެ އެވެ. އެމަނިކުފާނު އެރަށަށް ވަޑައިގަންނަވަނީ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. އެރަށުގައި އެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މިއުވާން ވިދާޅުވެފައި ވަނީ މި ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.