އިންޝުއަރެންސް ސިނާއަތް ވަރުގަދަ، އެކަމު ބަދަލު ދޭ މިންވަރު ދަށް

ނިމިދިޔަ ކުއާޓަރުގައި ކުންފުނިތަކުން 120 މިލއަން ރުފިޔާ ބަދަލުގެ ގޮތުގައި ދީފައިވެ އެވެ. މި ސިނާއަތަކީ 2.3 ބިލިއަން ރުފިޔާގެ ބޮޑު ސިނާއަތެކެވެ.

އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތެރިވަނީ: އިންޝުއަރެންސް ސިނާއަތް ފެންނަނީ ވަރުގަދަކޮށް -- މި

ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ ނިމިދިޔަ ކުއާޓަރުގައި ވަރުގަދަ ކަމަށް ދެއްކި ނަމަވެސް އެ މުއްދަތުގައި ބަދަލު ދިން މިންވަރު ބޮޑު ތަނުން ދަށް ކަމަށް ދައްކައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު މި އަހަރު ތިންވަނަ ކުއާޓަރުގެ އިންޝުއަރެންސް މައުލޫމާތު ތަކުގައިވާ އެ ސިނާއަތުގެ ޖުމްލަ އަގު ވަނީ 2.3 ބިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާނަމަ ހަ ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ.

އިންޝުއަރެންސް ސިނާއަތް ވަރުގަދަވި ނަމަވެސް ތިންވަނަ ކުއާޓަރުގައި ބަދަލުދިން ވަރު ވަނީ މަދުވެފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ބަދަލުގެ ގޮތުގައި 140 މިލިއަން ރުފިޔާ ދެއްކި ނަމަވެސް މި އަހަރު މި އަދަދު އުޅެނީ 120 މިލިއަން ރުފިޔާގަ އެވެ. މި މުއްދަތުގައި އިންޝުއަރެންސް ކުންފުނި ތަކުން ބަދަލު ދިނުމުގައި އެންމެ ބޮޑު އަދަދެއް ހޭދަ ކޮށްފައި ވަނީ ސިއްހީ އިންޝުއަރެންސުގެ ބަޔަކަށެވެ.

މި ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި ވިއްކާ އިންޝުއަރެންސް ތަކުގެ ތެރޭން އެންމެ ގިނަ މީހުން އެންމެ ބޮޑު އިންޝުއަރެންސް ޕްރިމިއަމްއެއް ނުވަތަ އިންޝުއަރެންސް ނަގަން ބޮޑު އަގެއް ދައްކަނީ އަލިފާނުގެ ހާދިސާ ތަކުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭ ފަޔާ އިންޝުއަރެންސަށެވެ. ޕްރިމިއަމްއަށް ބިލިއަނެއްހާ ރުފިޔާ ހުރިހާ އިންޝުއަރެންސްތަކަށް ދައްކާފައިވެ އެވެ.

ދާއިރާގެ ކުރިއެރުން ކުރުކޮށް

  •  ސިނާއަތުގެ ޖުމްލަ އަގު 2.3 ބިލިއަނަށްވުރެ މަތި
  •  ބަދަލުދިން އަދަދު 120 މިލިއަން
  •  ޕްރިމިއަމް އަށް ދެއްކި އަދަދު ބިލިއަނަށް

މި އަހަރުގެ ސެޕްމްބަރު މަހާ ހަމަށް ބަލާނަމަ އިންޝުއަރެންސް ނަގަން ޕްރިމިއަމް ދެއްކި އަދަދު އެއް ބިލިއަން ރުފިޔާ އަށް އަރަ އެވެ. ޕްރިމިއަން ދެއްކި އަދަދު ވަނީ މި މުއްދަތުގައި މިދިޔަ އަހަރާ އަޅާބަލާނަމަ 25 ޕަސެންޓު އިތުރުވެފަ އެވެ.

ގިނައިން ނަގާ އިންޝުއަރެންސް

  • 1.ހެލްތް އިންޝުއަރެންސް
  • 2.ފަޔާ އިންޝުއަރެންސް
  • 3.މެރިން އިންޝުއަރެންސް
އިންޝުއަރެންސުގެ ބޭނުމަކީ - ބޭނުމަކީ ގެއްލުމެއް ލިބޭ ވަގުތު ގެއްލުން ފޫބައްދަން އެހީވުމެވެ. ހާއްސަކޮށް ކާރިސާތަކާއި ހާދިސާތަކަށް ފަހު އަންނަ މާލީ ބުރަކަން ފިލުވައިދީ ނަފުސާއި ތަކެއްޗަށް ލިބޭ ގެއްލުމުން ބަދަލު ހޯދައި ދިނުމެވެ. އިންޝުއަރެންސުގެ ބޭނުންތެރިކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ 2004 ގެ ސުނާމީއަށްފަހު އެވެ. ސުނާމީގެ ސަބަބުން ގެއްލުން ލިބި ރާއްޖޭގެ ގިނަ ޓޫރިޒަމް ޕްރޮޕަޓީތަކަށްވެސް ގެއްލުންވި އެވެ. ރާއްޖޭގައި ފަސް އިންޝުއަރެންސް ކުންފުންޏެއް ހަރަކާތެރިވެ އެވެ. ނަމަވެސް މި ދާއިރާއަށް ހާއްސަ ގާނޫނުތަކާއި ގަވައިދުތަކެއް ރާއްޖޭގައި ނުހުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.