ވޯލްކަޕް މެޗެއް ބައްލަވަން ރައީސް ގަތަރަށް: ޓިކެޓަށް ހަރަދުކުރައްވާނީ ރައީސް

ދަތުރާއި ގުޅޭގޮތުން މިއުވާން ވިދާޅުވީ ދަތުރު ހަރަދު ކުރައްވާނީ ރައީސް އަމިއްލަފުޅަށް ކަމަށެވެ. ނަމަވެސް ގަތަރުގައި ހުންނެވުމާއި ކެއުމުގެ ކަންކަން އެ ގައުމުގެ ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ގަތަރުގެ އަމީރުއާ ރައީސް ސޯލިހު މީގެ ކުރިން ބައްދަލު ކުރައްވަނީ -- ފައިލް ފޮޓޯ

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ މެޗެއް ބެއްލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ގައުމަށް ވަޑައިގަންނަވާއިރު ދަތުރުކުރެއްވުމުގެ ހަރަދު ހަަމަޖައްސަވާނީ ރައީސް އަމިއްލަފުޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.

ވޯލްޑްކަޕްގެ މެޗެއް ބެއްލެވުމަށް ގަތަރުގެ އަމީރު، ޝެއިޚް ތަމީން ބިން ހަމަދް އަލް ތާމީންގެ ދައުވަތެއް ރައީސްއަށް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ވަޑައިގަންނަވާނީ ސެމީ ފައިނަލް ނުވަތަ ފައިނަލް މެޗު ބެއްލެވުމަށެވެ. ނަމަވެސް ވަޑައިގަންނަވާނެ ސީދާ ތާރީހެއް އެ ދުވަހު ވިދާޅެއް ނުވިއެވެ.

އެ ދަތުރުފުޅާއި ގުޅޭގޮތުން މިއަދު ވިދާޅުވީ ރައީސް ގަތަރަށް ވަޑައިގަންނަވާނެ ދުވަހެއް މިއަދު ފައިނަލް ކުރައްވާނެ ކަމަށެވެ. ދަތުރާއި ގުޅޭގޮތުން ވިދާޅުވީ ދަތުރު ހަރަދު ކުރައްވާނީ ރައީސް އަމިއްލަފުޅަށް ކަމަށެވެ. ނަމަވެސް ގަތަރުގައި ހުންނެވުމާއި ކެއުމުގެ ކަންކަން އެ ގައުމުގެ ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

"ރައީސް [ގަތަރަށް] ވަޑައިގަންނަވާނެ ދުވަހެއް މިއަދު ހިއްސާ ކުރާނަން،" މިއުވާން ވިދާޅުވިއެވެ.

ރައީސް މީގެ ކުރިން ރަސްމީ ދަތުރުފުޅުތަކުގައި ގަތަރަށް ވަޑައިގެން އެގައުމުގެ އަމީރާއި / އިސްވެރިންނާއެކު ބައްދަލުވުންތައް ބާއްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.