ގާޒާ ސްޓްރިޕާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ފަދަ ހިފާފައިވާ ސަރަހައްދުތަކުގައި މި އަހަރުގެ މިހާތަނަށް މަދުވެގެން 207 ފަލަސްތީނު މީހުން މަރައި ވައްޓާލައި ޝަހީދު ކޮށްފައި ވެއެވެ.
އިޒްރޭލުގެ ދެކުނު ސަރަހަށްދަކަށް ރޮކެޓެއް ހަމަލާއެއް އަމާޒު ވުމާ ގުޅިގެން އިޒްރޭލު ހަނގުރާންމަތީ މަތިންދާބޯޓުތައް ބައި ހަދާފައި އުދުއްސުމާއެކު ފަލަސްތީނުގެ ގާޒާގެ އެތަން މިތަނަށް މިއަދު ވެސް ހަމަލާތައް އޮއްސައިފި އެވެ. މިދިޔަ ހަފުތާއިން ފެށިގެން އިޒްރޭލު ސިފައިންގެ އެ ހަމަލާތައް ސިލްސިލާ ކޮށްފައިވާއިރު އަލަށް ފެށި އެ ހަމަލާތަކުގައި މި ހާތަނަށް ފަލަސްތީނުގެ 10 މީހަކު މަރައި ޝަހީދުކޮށްފައި ވެއެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން ހިފާއި ހިސޯރެއްގެ ތެރެއަށް ގެންގޮސްފައިވާ ހުޅަނގު އައްސޭރީގައި ހަމަނުޖެހުމާއި ހަލަބޮލިކަން އިންތިހާއަށް ބޮޑުވެފައި ވެއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނަނީ މިދިއަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވައިގެ ހަމަލާތަކެއް ގާޒާއަށް އަމާޒު ކޮށްފައި ވަނީ ހަމާސްއަށް ނިސްބަތްވާ ހަތިޔާރު އުފައްދާ ފެސިލިޓީއަކާއި ބިމުގެ އަޑީގައި ހުރި ޓަނަލެއް އަމާޒަކަށް ހަދައިގެން ކަމަށެވެ. އަސްކަރިއްޔާއިން އެ މީހުންގެ އެ މެސްޖެ ފޯރުކޮށް ދިނީ އޭފްޕީ މެދުވެރިކޮށެވެ.
"އެ ހަމަލާތަކަކީ އިޒްރޭލަށް ހަމާސް އިން ހުރަސް އަޅަމުންދާ އެޅުންތައް ކުރިއަރައިގެން ދިޔަ ނުދޭން ކުރިޔަށް ގެންދާ ވައި ހަޅުތާލެއް..." އިޒްރޭލު ސިފައިންނާ ހަވާލާދީ ރިޕޯޓް ކޮށްފައިވެ އެވެ.
އެހެން ރިޕޯޓްތައް ބުނާ ގޮތުގައި ހޮނިހިރު ދުވަހުގެ ހަވީރު އިޒްރޭލުގެ ހުޅުވިފައިވާ ސަރަހައްދަކަށް ދިން ރޮކެޓް ހަމަލާ އިޒްރޭލުން ހަމާސްގެ ބޮލުގައި އެޅުވި ނަމަވެސް އެ ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން މިހާތަނަށް ނަގާފައެއް ނުވެ އެވެ.