ވޯލްކަޕް މެޗެއް ބައްލަވަން ރައީސް ގަތަރަށް

މިއުވާން ވިދާޅުވެފައި ވަނީ ރައީސް ވަޑައިގަންނަވާނީ ސެމީ ފައިނަލް ނުވަތަ ފައިނަލް މެޗު ބެއްލެވުމަށެވެ. އަދި ވަޑައިގަންނަވާނެ އިރެއް ބުނަން ނޭންގޭ ކަމަށެވެ.

ގަތަރުގެ އަމީރުއާ ރައީސް ސޯލިހު މީގެ ކުރިން ބައްދަލު ކުރައްވަނީ -- ފައިލް ފޮޓޯ

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ މެޗެއް ބެއްލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ގައުމަށް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ވޯލްޑްކަޕްގެ މެޗެއް ބެއްލެވުމަށް ގަތަރުގެ އަމީރު، ޝެއިޚް ތަމީން ބިން ހަމަދް އަލް ތާމީންގެ ދައުވަތެއް ރައީސްއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން މުބާރާތުގެ ފަހުކޮޅު ރަައީސް، އެ ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.

މިއުވާން ވިދާޅުވެފައި ވަނީ ރައީސް ވަޑައިގަންނަވާނީ ސެމީ ފައިނަލް ނުވަތަ ފައިނަލް މެޗު ބެއްލެވުމަށެވެ. ނަމަވެސް ވަޑައިގަންނަވާނެ ސީދާ ތާރީހެއް ވިދާޅެއް ނުވިއެވެ.

"ސީދާ ކޮން މެޗަކަށްކަން ރައީސް ވަޑައިގަންނަވަނީ ބުނަން އަޅުގަނޑަށް ވަރަށް ދަތި. ހީވަނީ ފައިނަލް ނުވަތަ ސެމީ ފައިނަލްގެ މެޗަކަށް ރައީސް ވަޑައިގެންފާނެހެން،" މިއުވާން ވިދާޅުވި އެވެ.

ރައީސް މީގެ ކުރިން ރަސްމީ ދަތުރުފުޅުތަކުގައި ގަތަރަށް ވަޑައިގެން އެގައުމުގެ އަމީރާއި / އިސްވެރިންނާއެކު ބައްދަލުވުންތައް ބާއްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.