ގައުމީ ދާރުލްއާސާރަށް އަށް 70 އަހަރު ފުރުމާއި ދިމާކޮށް މިއަދު ހެނދުން ފެށިގެން އިރުއޮއްސުމާއި ހަމައަށް ހިލޭ ޒިޔާރަތް ކުރެވޭ ގޮތަށް ހަމަޖެއްސި އެވެ.
ރާއްޖޭގެ ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާ ގުޅިގެން ހިލޭ ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު ހުޅުވާލުމުން ހާހަކަށް ވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށް ގައުމީ ދާރުލްއާސާރުން ބުނެފި އެވެ.
ހެރިޓޭޖް މިނިސްޓަރީގެެ ދަށުން ހިންގާ ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާ ދިމާކޮކޮށް ހިލޭ ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް ހުޅުވާލާފައި އޮތެވެ.
އެ ތަނުން މިރޭ ބުނީ ގައުމީ ދާރުލްއާސާރަށް މިއަދު ހިލޭ ވަނުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން 1000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.
ކުރިންސުރެ ދާރު އާސަރަށް ވަނުމަށް ފީއެއް ނަގަ އެވެ. އެއީ 16 އަހަރުން މަތީގެ ދިވެހިންނަށް 20ރ. އެވެ. އަދި ފަސް އަހަރާއި 16 އަހަރާއި ދެމެދުގެ ދިވެހިންނަށް ނަގަނީ 10ރ. އެވެ. އެ އުމުރުން ދަށް ކުދިންނަށް ހިލެ އެވެ. އަދި 65 އަހަރުން މަތީގެ ދިވެހިންނަށް ވެސް ހިލޭ ވަދެވެ އެވެ.
މީގެ އިތުރތުން 16 އަހަރުން މަތީގެ ބިދޭސީންގެ އަތުން 100ރ. ނަގާއިރު، 16 އަހަރާއި ފަސް އަހަރާއި ދެމެދުގެ ބިދޭސީ ކުދިންެގެ އަތުން ނަގަނީ 20ރ. އެވެ. އަދި ދާރުލް އާސާރުގައި ފްލެޝް ނުލާ ފޮޓޯ ނެގުމަށް 10ރ. ފީއެއް ވެސް ނަގާނެ އެވެ.