ޕޯލެންޑް މޮޅުވެގެން ފޭބި ނަމަވެސް މެޗުގައި ފެނުނީ ވަރަށް ވާދަވެރި އެހައި ހަމަހަމަ ކުޅުމެކެވެ. މި މެޗުގެ ނަތީޖާއިން ގްރޫޕް ވަނީ ވާދަވެރިވެފަ އެވެ.
ފީފާ ވޯލްޑް ކަޕް މިރޭ ޕޯލެންޑުން ސައުދީ އަރަބިއްޔާ ބަލި ކުރުމުން ގްރޫޕް ވަރަށް ވާދަވެރި ވެއްޖެ އެވެ. ސައުދީގެ މައްޗަށް ޕޮލޭންޑް މޮޅެއް ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. ސައުދީ މެޗަށް ނުކުތީ ވެސް ސީ ގްރޫޕްގައި އާޖެންޓީނާ ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު އެވެ. ނަމަވެސް މިރޭގެ ނަތީޖާއިން ޕޮލޭންޑް ވަނީ ގްރޫޕްގެ ކުރިޔަށް ޖެހިފަ އެވެ.
ޕޯލެންޑް މޮޅުވެގެން ފޭބި ނަމަވެސް މެޗުގައި ފެނުނީ ވަރަށް ވާދަވެރި އެހައި ހަމަހަމަ ކުޅުމެކެވެ. މެޗުގެ 39 ވަނަ މިނެޓުގައި ލެވަންޑޯސްކީގެ އެސިސްޓް ވެދީގެން ޒެލެންސްކީ ވަނީ ގޯލެއް ޖަހާފަ އެވެ. އޭގެ އިރުކޮޅެއްގެ ތެރޭގައި ސައުދީއަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ސައުދީގެ ފިރާސް އަލް ބްރިކާން ފޮނުވާލި ބޯޅަ ކީޕަރު މަތަ ކުރުމުން ދެވަނަ ޖެހި ކުޅުންތެރިޔާއަށް ވެސް އެ ބޯޅަ ލަނޑަކަށް ބަދަލު ކޮށެއް ނުލެވުނެވެ.
ދެވަނަ ހާފްގައި ވެސް ސައުދީއަށާއި ޕޯލެންޑަށް ވެސް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ސައުދީގެ އަލް މަލްކީއަށް ހުސްކޮށް ލިބުނު ބޯޅަ ޖެހީ ބޭރަށެވެ. އޭގެ ފަހުން ޕޮލޭންޑުން ވަނީ 81 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ 2-0 އަށް ބަދަލު ކޮށްލާފަ އެވެ.