މާލޭގައި ޖޯޒީ ވިކެނީ ހޫނު ގުޅަ ވިކޭހެން؛ މަގުބޫލީ ބްރެޒިލް

ޖޯޒީ ވިއްކާ ފިހާރަތަކުން އެވްރެޖުކޮށް ވިކެނީ އަށެއްކަ ގައުމެއްގެ ޖޯޒީ އެވެ. ކުރިންސުރެ ރާއްޖޭގައި އެންމެ ގިނައިން ވިކެނީ ބްރެޒިލާއި އާޖެންޓީނާގެ އިތުރުން އިނގިރޭސިވިލާތާއި އިޓަލި އަދި ފްރާންސް އާއި ޖަރުމަނެވެ. މިފަހަރު އިޓަލީއެއް ނެތެވެ.

މާލޭގެ ފިހާރާއެއްގައި ވޯލްޑް ކަޕް ގައުމުތަކުގެ ޖޯޒީ ވިއްކަނީ: ޖޯޒީ ވިކެނީ އަތުފަތު ނުޖެހި -- މުހައްމަދު ޒައިން | މި

ގަތަރު، ވޯލްޑް ކަޕަށް ދެވުނު 32 ޓީމާއެކު މުބާރާތް ފޯރި ގަދަކޮށް ވާދަ ކުރަމުން ގެންދާއިރު ދުނިޔޭގެ ހުރިހާ ބިތެއްގައި ވެސް ގިނަ ބައެއްގެ ނަޒަރު ހުރީ ވޯލްޑް ކަޕަށެވެ. ދުނިޔޭގެ ސަމާލުކަން އަނބުރާލާފައި ވަނީ ފުޓްބޯޅައިގެ މި "އީދަ" ށެވެ. ދުނިޔެ ވަނީ ފިސާރި ރަނގަޅަށް "ވޯލްޑް ކަޕް ފީވާ" ގައި ޖެހިފަ އެވެ. ރާއްޖެ ވެސް އެއަކުން ނުނެއްޓެ އެވެ. ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ދުރާލައި ރާއްޖޭގެ ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެސް ވެފަ އެވެ. ވޯލްޑް ކަޕް ފެށެން ވާއިރަށް މުބާރާތަށް ހާއްސަ އެތައް މެޓީރިައަލެއް ރާއްޖެ ގެނެސް ވަނީ ޖަމާ ކޮށްފަ އެވެ. އެންމެ ވިކޭނެހެން ހީވާ ގައުމުތަކުގެ ޖޯޒީތަކާއެކު ދިދަފަތި ދަމައިގެން ގިނަ ފިހާރަތައް ވަނީ ޒީނަތްތެރި ވެސް ކޮށްފަ އެވެ. ވޯލްޑް ކަޕުގައި 32 ގައުމު ކުޅުނަސް ދިވެހިން ޝައުގުވެރި ވަނީ ނިސްބަތުން މަދު ގައުމުތަކަކަށެވެ.

ފިހާރައްގައި ގަތަރު ވޯލްޑް ކަޕްގައި ކުޅޭ ގައުމުތަކުގެ ޖޯޒީތައް: ބައެއް ފިހާރަތަކުން ދުވާލަކު 200 ޖޯޒީ ވިކޭ ކަމަށްވޭ -- މުހައްމަދު ޒައިން | މި

މާލޭގައި ވޯލްޑް ކަޕް ގައުމުތަކުގެ ޖޯޒީ ވިއްކާ ފިހާރަތަކުން އެވްރެޖުކޮށް ވިކެނީ ފަސް ހަ ގައުމެއްގެ ޖޯޒީ އެވެ. ކުރިންސުރެ ރާއްޖޭގައި އެންމެ ގިނައިން ވިކެނީ ބްރެޒިލާއި އާޖެންޓީނާގެ އިތުރުން އިނގިރޭސިވިލާތާއި އިޓަލި އަދި ފްރާންސް އާއި ޖަރުމަނާއި ސްޕޭންގެ ޖޯޒީ އާއި ޕޯޗްގަލް އެވެ. އޭގެތެރެއިން މިފަހަރަކު އިޓަލީއެއް ނެތެވެ.

ގަތަރު ވޯލްޑް ކަޕާއެކު މާލޭގައި ވިއްކާ ޖޯޒީތަކުގެ އަގުތައް ހުރީ 250ރ. އިން ފެށިގެން 800ރ. އާ ދެމެދުގަ އެވެ. ލޯ ކޮލިޓީގެ ޖޯޒީއެއް 200ރ. އަށް ލިބުނު ނަމަވެސް ހިސާބަކަށް ރަނގަޅު މެޓީރިއަލްއެއްގެ ޖޯޒީއެއް 400ރ. އާއި 800ރ. އަށްވުރެ ކުޑަކޮށެއް ނުލިބެ އެވެ. އޮންލައިންކޮށް ވިއްކާ މީހުންގެ އަގުތައް ވެސް ހުރީ ގާތްގަނޑަކަށް މި ރޭންޖުގަ އެވެ.

މާލޭގެ ފިހާރާއެއްގައި ވޯލްޑް ކަޕް ގައުމުތަކުގެ ޖޯޒީ ވިއްކަނީ: ޖޯޒީ ވިކެނީ އަތުފަތު ނުޖެހި -- މުހައްމަދު ޒައިން | މި

ގަތަރުގައި ފޯރިގަދަ ވެފައިވާ މުބާރާތުގެ ޖޯޒީ އުފެއްދުމުގެ ވާދައިގައި މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ނައިކީ އާއި އެޑިޑާސް ވާދަކޮށް ނައިކީ އިން މި ފަހަރު "ޖޯޒީ އުފެއްދުމުގެ މުބާރާތް" ކާމިޔާބު ކުރި ނަމަވެސް އެ ކޮލިޓީގެ ޖޯޒީއެއް ރާއްޖެއަކަށް ނުގެނެ އެވެ. ދުނިޔޭގެ ކުޅިވަރު މި މުބާރާތުގައި ވާދަކުރާ 32 ޓީމުގެ ތެރޭން ނައިކް ބްރޭންޑުގައި 13 ގައުމެއްގެ ޖޯޒީއެއް ފެނިގެންދެ އެވެ.

ނައިކްގެ ޖޯޒީގައި ނުކުތް ގައުމުތަކުގެ ތެރޭގައި މުބާރާތް ބާއްވާ ގައުމުގެ އިތުރުން ފްރާންސާއި ބްރެޒިލާއި ސައޫދީ އަރަބިއްޔާ ހިމެނެ އެވެ. އިނގިރޭސިވިލާތް ވެސް މި ފަހަރު ނުކުތީ ނައިކް ޖޯޒީގަ އެވެ. އެކަމަކު އިނގިރޭސިންގެ ޖޯޒީ އުފެއްދި ގޮތް ދުނިޔެއަށް އެނގި ބޭޒާރުވުމުން މިހާރު އެ މީހުން އެވާހަކަ މާކަ ބޮޑަކަށް ނުދައްކަ އެވެ. މި އަހަރުގެ ވޯލްޑް ކަޕުގައި އިނގިރޭސިން ލާ ތިން ސިންގާ ޖެހި ޖޯޒީ ހަދާފައި ވަނީ ތައިލޭންޑުގެ ފެކްޓްރީއެއްގައި މަސައްކަތު މީހުނަށް ގަޑިއަކަށް އެންމެ ޕައުންޑެއްގެ ކުޑައަގެއް ދީގެން ކަމަށް ބުނެ ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކުރި އެވެ. އެކަމަކު އެ މީހުންނަކީ މުބާރާތް ބާއްވާ ގަތަރުގެ އިންސާނީ ހައްގުތައް އޮތް ގޮތް ނަގައިގެން އެ ވާހަކަ ދައްްކަމުންް އައި ބައެކެވެ.

މާލޭގައި ޖޯޒީ ގަތުމުގެ ފޯރި ގަދަ

ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ ރަނގަޅު ޖޯޒީ ލިބެން ނެތް ނަމަވެސް މި މުބާރާތުގައި ސަޕޯޓަރުން ބޭނުން ކޮށްލެވޭ ކޮލިޓީގެ ޖޯޒީ އެބަހުއްޓެވެ. ޖޯޒީ ވިއްކާ ފިހާރަ ތަކުން ބުނެފައިވާ ގޮތުގައި ދިވެހިންގެ އާއްމު އުސޫލާ އެއްގޮތަށް ދުރާލާ ޖޯޒީގަތުމުގެ ބަދަލުގައި މެޗު އޮންނަ ދުވަހު ފިހާރަ އަށް ގޮސް ޖޯޒީ ގަންނަ މީހުން ގިނަ އެވެ. އަދި ރަށްރަށަށް ގަނޑުކޮށް ވެސް ޖޯޒީ ގެންދެ އެވެ.

  • 1.އެންމެ ވިކެނީ ބްރެޒިލްގެ ޖޯޒީ ދެން އާޖެންޓީނާ
  • 2.އަގު އުޅެނީ 250ރ. އިން 800ރ، އާ ދެމެދު
  • 3.ޔޫރަޕު ބައެއް ގައުމުތަކުގެ ޖޯޒީ ވިކުން މަދު

ގިނަ ފިހާރަ ތަކުން ބުނެފައިވާ ގޮތުގައި މި ވޯލްޑް ކަޕުގައި އެންމެ ގިނައިން އެންމެ ވިކެނީ އެޑިޑާސްގެ މަރުކާގައި ނުކުންނަ އާޖެންޓީ އާއި ނައިކްގެ ބްރެޒިލްގެ ޖޯޒީ އެވެ. އޭގެ ތެރެއިން ވެސް ބްރެޒިލެވެ. ބައެއް ފިހާރަތަކުން ދުވާލެއްގެ މައްޗަށް 80 އާއި 150 އާ ދެމެދުގެ އަދަކަށް ޖޯޒީ ވިކޭ ކަމަށް ވެއެވެ

ފިހާރައެއްގައި ވިއްކަން ހުރި އާޖެންޓީއާއާއި ބްރެޒިލްގެ ޖޯޒީއެއް ދައްކާލަނީ -- މުހައްމަދު ޒައިން | މި

ވޯލްޑް ކަޕުގެ ފޯރީގައި އަތުފަތު ނުޖެހި ޖޯޒީ ވިކެމުންދާއިރު މަޝްހޫރު ގައުމުތައް ކުޅޭ ދުވަސްދުވަހު ފިހާރަކުން 200 އެއްހާ ޖޯޒީ ވިކޭ ކަމަށް ވެ އެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ ދުވާލަކު 80 އަށް ތިރިވެފަ އެވެ. ޖޯޒީ ވިއްކާ ފަރާތް ތަކުން ބުނާ ގޮތުގައި ވޯލްޑް ކަޕް އެހެން މުބާރާތްތަކުގައި ޔޫރަޕުގެ ބައެއް ގައުމުތަކަށް ނިސްބަތްވާ ޖޯޒީ ގިނަ އަދަދަކަށް ވިކުނު ނަމަވެސް މި ފަހަރު ގަތަރާއި މުސްލިމުންނަށް ޖެއްސުން ކުރުމުގެ ގޮތުން އެއްޖިއްސުން ގުޅުން ހިންކަން ހިތްވަރުދޭ "ކުލަބޭންޑް" އަަޅަން ޔޫރަޕުގެ ބައެއް ގައުމުތަކުން ދިމާ ކުރުމުން ކުރީގެ ވޯލްޑްކަޕް މުބާރާތްތަކުގައި ގިނަ އަދަދަކަށް ވިކުނު ބައެއް ގައުމުތަކުގެ ޖޯޒީ މިފަހަރު ވިިކުން މަދެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.