ފަހަތު އަރައި ޖަރުމަނު ބަލިކޮށް ޖަޕާނުން ދުނިޔެ ސިއްސުވާލައިފި

ޖަރުމަނު 1-0 ގެ ނާތީޖާއަކުން މޮޅުވާން ދަނިކޮށް ޖަޕާނު ފަހަތުން އަރައި ދެލަނޑު ޖަހައި މޮޅުވެގެން ދުނިޔެ ސިއްސުވާލައިފި އެވެ. މިއީ އާޖެންޓީގެ މައްޗަށް އޭޝިއާގެ ސައުދީ އަރަބިއްޔާ ހޯދި ފަދަ ބޮޑު ކާމިޔާބެކެވެ.

ޖަޕާނުގެ ކުޅުންތެރިން ޖަރުމަނު ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ

ވޯލްޑް ކަޕް ގަތަރު މުބާރާތުގައި ގްރޫޕް އީގެ ޖަރުމަނާއި ޖަޕާނު މިރޭ ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖަރުމަނު 1-0 ގެ ނާތީޖާއަކުން މޮޅުވާން ދަނިކޮށް ޖަޕާނު ފަހަތުން އަރައި ދެލަނޑު ޖަހައި މޮޅުވެގެން ދުނިޔެ ސިއްސުވާލައިފި އެވެ.

މިއީ އާޖެންޓީގެ މައްޗަށް އޭޝިއާގެ ސައުދީ އަރަބިއްޔާ ހޯދި ފަދަ ބޮޑު ކާމިޔާބެކެވެ. މިއީ އޭޝިއާ ފުޓްބޯޅައަށް އަނެއްކާވެސް އުފާވެރި ދުވަހެކެވެ. އަދި މިއީ އެއްވެސް ބަޔަކު ހީކުރި ފަދަ ނަތީޖާއެއްވެސް ނޫނެވެ.

ޖަރުމަނަށް ފުރަތަމަ ހާފުގައި ލަނޑެއް ޖެހުނީ ޖާޕާނު ކީޕަރުގެ ފައުލަކުން ޖަރުމަނަށް ލިބުނު ޕެނަލްޓީއެއް 33 ވަނަ މިނެޓްގައި ވައްދާލައިގެން ގުންޑުއާން އެވެ. އޭގެ ފަހުން ދެ ޓީމުން އޯޕަން ކުޅެމުން ދިޔަ ނަމަވެސް ވަރަށް ގިނަ ފުރުސަތުތަކެއއް ޖަރުމަނަށް ލިބިފައި ވެއެވެ. ޖަޕާނަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް އައެވެ.

ޖަޕާނުގެ ވަރުގަދަ ބުންވަރާއި އަވަސް ކުޅުމުގައި ފަހަތުން އަރައި ފުރަތަމަ ލަނޑެއއް ޖެހީ މެޗުގް 75 ވަނަ މިނެޓްގައި ރިޓްސޫ ޑުއޯން އެވެ. އޭނާއަކީ ބަދަލުގައި ނުކުތް ކުޅުންތެރިއެކެވެ. ދެވަނަ ލަނޑު ޖެހީ އޭގެ ކުޑަ އިރުކޮލެއް ފަހުން 83 ވަނަ މިނެޓްގައި ޓަކްމާ އަސާނޯ އެވެ. މި ދެ ލަނޑުގައި ވެސް ކީޕަރު ނޯޔާއަށް ކުރެވޭނެ ކަމެއް ނެތެވެ. ޖަރުމަނުން 23 ހަމާއެއް އުފެއްދި އެވެ. ޖަޕާނުން ވެސް 12 ހަމާލާއެއް ދީފައި ވެއެވެ.

މި ނަތީޖާއާއެކު ގްރޫޕް އީގައި ވާދަވެރި ކަން ބޮޑުވެގެންދާނެ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ސްޕޭނާއި ކޮސްޓާރިކާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.