މިއީ ހަމަހަމަ ވެގެން މި މުބާރުގައި ނިމުނު ތިންވަނަ މެޗެވެ. މި މެޗުގައި ލަނޑުތަކެއް ނުފެނުނު ނަމަވެސް މިއީ ރަނގަޅަށް ކުޅުނު ފެއާ ގޭމެކެވެ.
ވޯލްޑް ކަޕް، ގަތަރު މުބާރާތުގައި ގްރޫޕް އެފްގައި މޮރޮކޯ އާއި ކްރޮއޭޝިއާގެ މެޗް ވެސް ލަނޑެއް ނުޖެހި ހަމަހަމަ ވެގެން ނިމިއްޖެ އެވެ. މިއީ ހަމަހަމަ ވެގެން މި މުބާރުގައި ނިމުނު ތިންވަނަ މެޗެވެ. ލަނޑުތަކެއް ނުފެނުނު ނަމަވެސް މިއީ ރަނގަޅަށް ކުޅުނު ފެއާ ގޭމެކެވެ.
މެޗުގެ ކުޅުން ފަށައިގެން ދެ ޓީމުން ވެސް ރަނގަޅަށް ކުޅެން މަސައްކަތް ކުރި އެވެ. ނަމަވެސް ބޮޑަށް ހަމަލާ އުފައްދައިގެން ކުޅެމުން ދިޔައީ މޮރޮކޯ އެވެ. އެ ގޮރުން މޮރޮކޯގެ ހަކީމީ އާއި ޒިއޭޝްގެ ކުޅުން ވަރަށް ބޮޑަށް ހާފުގެ ކުރީ ކޮޅުގައި ފާހަގަވި އެވެ. ބޯލް ޕޮޒިޝަންގައި ކޮރޮއޭޝިއާއަށް ކުރިއެރުމެއް ލިބުނަސް ހަގީގީ ކޮރޮއޭޝިއާއެއް ފުރަތަމަ ހާފުގައި ނުފެނުނެވެ. އެ މީހުންގެ ފަރާތުން އައި ހުރިހާ ހަމަލާއެއް ވެސް އައިސްފައި ވަނީ މޮރޮކޯގެ އެޓޭކްތައް ބިލްޑް ކުރުމުގައި ޖެހި މިސް ޕާސްތަކުގެ ފައިދާ ނަގައިގެނެވެ. އާންމުކޮށް ކްރޮއޭޝިއާގެ މެދުތެރެއިން ފެންނަނަ މޮޑްރިޗާއި ކޮވަޝިޗްފެ ކޮންޓްރޯލިން ކޮމްބިނޭޝަން ވެސް ކައިރި ކުރާ މިންވަރާ ގާތަށް ވެސް ނެތެވެ.
މޮރޮކޯއަށް ވެސް ލަނޑު ޖަހާނެ ފަޅި ފުރުސަތުތައް ލިބުނެވެ. އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސައަކީ ބިލްޑް އަޕްގެ މަސައްކަތް ފައިނަލާ ހަމައަށް ނުގެން ދެވި ބޯޅަތައް ބޭކާރު ވަމުން ދިއުމެވެ. ދެޓީމަށް ވެސް އޯޕަން ޗާންސެއް ނުލިބެ އެވެ.
އަލްބަޔަތު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކްރޮއޭޝިއާއިން ހަތަރު ހަމަލާ ދިން އިރު މޮރޮކޯއިން ފަސް ހަމަލާ ދިނެވެ. ދެވަނަ ހާފުގައި ކްރޮއޭޝިއާގެ ކުޅުން ރަނގަޅު ކުރި ނަމަވެސް މޮރޮކޯއިން އިންޗިއެއް ވެސް ދޫނުކޮށް ހިފަހައްޓައި މޮޅަށް ކުޅެމުން ދިޔަ އެވެ. އަދި ގިނަ ހަމަލާތައް ވެސް ފަހުހާފުގައި އުފެއްދީ މޮރޮކޯއިންނެވެ. މި ހާފުގައި ވެސް ބޯޅަ ހިފެހެއްޓުމުގައި ކުރި ހޯދީ ކްރޮއޭޝިއާ އެވެ. މިއަދުވި އެއްވަރކީ މޮރޮކޯއަށް ރަނގަޅު ނަތީޖާއެކެވެ. އެކަމަކު މިއީ ކްރޮއޭޝިއާއަށް ހިތްހަމަ ޖެހޭ ނަތީޖާއަކަށް ނުވާނެ އެވެ.
މި ގްރޫޕްގައި ދެން ހިމެނެނީ ވަރުގަދަ ބެލްޖިއަމް އާއި ކެނެޑާ އެވެ. އެ ދެ ޓީމްގެ މެޗެއް އޮންނާނީ މިރޭ މާލޭ ގަޑިން 12:00 ޖަހާއިރު އެވެ.