ރާއްޖޭގެ އިގްތިސޯދު ކޮޅަށް ތެދުވެ ޕީއެސްއައިޕީ މަޝްރޫއުތައް ދަނީ ފުޅާ ވަމުންނެވެ. މި އަހަރަށް އެކަނި ބެލި ނަމަވެސް ހަ ބިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ހޭދަކޮށްފައި ވެއެވެ. އެ މަޝްރޫއުތަކުގައި އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތައް ހިމެނެ އެވެ.
ކޮންސްޓްރަކްޝަން ބޭނުންތަކުގައި ބޭނުން ކުރަން އިންޑިއާގައި އުފައްދައި އެކްސްޕޯޓް ލޯގްރޭޑް ހިލަ / ކޮންކްރީޓް ގަށަން ބޭނުން ކުރާ ހިލަ އާއި ދަގަނޑުގެ ބައެއް ބާވަތްތަކުގެ ޑިއުޓީ ކުޑަކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އިންޑިއާގެ މައި ސަރުކާރުން މި ނިންމުން އައިސްފައި ވަނީ އިންފްލޭޝަން މަތިވެ ކޮންސްޓްރަކްޝަން ސާމާނުގެ އަގު މަތިވަމުން ދިއުން ދަށް ކުރަން އަޅާ ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.
އެ ގައުމުން މި ބަދަލު ގެނެސްފައި ވަނީ އަގުތައް މަތިވުމުގެ ސަބަބުން އިންޑިއާ އިން އެކްސްޕޯޓް ކުރާ ދަނޑާއި ހިލައިގެ ބައެއް ބާވަތްތަކުގެ އަގު މަތިވެ އިންޓަނޭޝަނަލް ބަޔަރުންގެ ގިނަ ވިޔަފާރި ތަކެއް ގެއްލުމުގެ ބިރު އޮތުމުންނެވެ. މި ބަދަލު ގެނައުމުގެ ކުރީގައި އެ ގައުމުން ވަނީ މި އަހަރުގެ މޭ މަހު މި ބާވަތްތަކުގެ ޓެކުސް ބޮޑު ކުރަން ނިންމި ނިމުން ވެސް އަނބުރާ ގެންގޮސްފަ އެވެ. މިހާރު ގެނެސްފައިވާ ބަދަލާއެކު ކުރިން 58 ޕަސެންޓުގެ ޑިއުޓީއެއް ނެގި ދަގަނޑުގެ ބައެއް ބާވަތްތަކުގެ ޑިއުޓީ ސުމަކަށް ވަނީ ގެންގޮސްފަ އެވެ.
ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތަށް ބޭނުންވާ މުހިންމު ގިނަ ބާވްތަކެއް އެތެރެ ކުރާ އިންޑިއާއިން ގެނައި މި ބަދަލާއެކު އެ ގައުމުން ބޭރުކުރާ ދަގަނޑުގެ ބައެއް ބާވަތްތަކާއި އިމާރާތް ކުރުމުގައި ބޭނުން ކުރާ ހިލަވެލީގެ ޑިއުޓީ ކުޑަ ވެގެން ދާނެ އެވެ.
ޑިއުޓީގެ އަގަށް ބަދަލު އައިސްފައިވާ ބާވަތްތަކުގެ ތެރޭގައި ކޮންކްރީޓް ދަގަނޑާއި ދަގަނޑުގެ އެންމެ އަގު ބޮޑު އެއް ބާވަތް ކަމަށްވާ ސްޓީލް ވެސް ހިމެނެ އެވެ.
އިންޑިއާގެ ފެޑެރޭޝަން އޮފް އިންޑިއަން މިނަރަލް އިންޑަސްޓްރީސްގެ ސެކްރެޓަރީ ޖެނެރަލް ޝަރުމާ ވިދާޅުވެފައިވާ ގޮތުގައި ކުރިން އެކްސްޕޯޓް ޓެކްސް ބޮޑު ކުރުމުން އެ ގައުމުން ބޭރުކުރާ އިމާރާތް ކުރުމުގެ ސާމާނުގެ އެކްސްޕޯޓް އެއްކޮށް ދަށްވެގެން ދިޔަ އެވެ.
ރާއްޖޭގެ އިގްތިސޯދު ކޮޅަށް ތެދުވެ ޕީއެސްއައިޕީ މަޝްރޫއުތައް ދަނީ އިތުރު ވަމުންނެވެ. މި އަހަރަށް އެކަނި ބެލި ނަމަވެސް ހަ ބިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ވަނީ ހޭދަކޮށްފަ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތައް ހިމެނެ އެވެ.