ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ހުރި އަދަދު މަދުކުރަން ދުނިޔެ ބޭނުންވެ އެވެ. އެއީ އުކްލިއާ ހަތިޔާރާ ބެހޭ ގޮތުން ޖުމުލަ ގޮތެއްގައި ބެލެވިފައި އޮތީ އެއީ އޭގެ ނުރައްކާތެރިކަމާ ހެދި ގިނަކުރަން ބުއްދިވެރި އެއްޗެއް ނޫން އެއްޗެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް، މިއީ ކުށްހީއެއް ކަމަށް މިހާރު ވަނީ ނިންމާފަ އެވެ.
ނިއުކްލިއާ ހަތިޔާރު ހުރި އަދަދު މަދު ކުރަން ދުނިޔެ ބޭނުންވެ އެވެ. އެއީ ނިއުކްލިއާ ހަތިޔާރާ ބެހޭ ގޮތުން ބެލެވިފައި އޮތީ އެއީ އޭގެ ނުރައްކާތެރިކަމާ ހެދި ގިނަ ކުރަން ބުއްދިވެރި އެއްޗެއް ނޫން އެއްޗެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް، މިއީ ކުށްހީއެއް ކަމަށް މިހާރު ވަނީ ނިންމާފަ އެވެ.
އެފަދަ ހަތިޔާރު ނައްތާލުމުގެ ނިޔަތުގައި ގައުމުތަކުން ޖުލައި 1، 1968 ގައި ނަން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) ގައި ސޮއި ކުރި އިރު އޭގައި ހިމެނެނީ ތިން އަސާސެއް ހިފަހައްޓާށެވެ. އެއީ ނިއުކްލިއާ ވޯހެޑް މެނޭ ގޮތުން ނިއުކްލިއާ ހަތިޔާރު ހިފެހެއްޓުމެއް ނެތި އިތުރު ކުރުމުގައި ކޮންޓްރޯލެއް ގެންގުޅުމާއި މަދަނީ ބޭނުންތަކަށް ނިއުކްލިއާ ބޭނުން ކުރެވޭ މިންވަރު ދަރަޖަ ކުރުމާއި ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންކުރާ މާއްދާތައް ބޭނުން ކުރެވޭ ފެންވަރަށް ފައްކާ ނުކުރުމެވެ.
ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1945 ގައި، އެމެރިކާއިން ދެފަހަރެއްގެ މަތީން ޖަޕާންގެ ހިރޮޝީމާ އަށާއި ނަގަސާކީއަށް އެޓޮމިކް ބޮން ވައްޓާލާފައި ވެއެވެ.
މިހާރު ދުނިޔެ ވަރަށް ބޮޑަށް ބަދަލުވެ އަނެއްކާވެސް ނިއުކްލިއާ ހަތިޔާރު ފައްކާ ކޮށްގެން ތިބި ގައުމުތަކުން ނިއުކްލިއާ ބާރުވެރިކަން އިތުރު ކުރަން ކުރެވެން އޮތް މަސައްކަތެއް ވިއްުޔާ ދަނީ ކުރަމުންނެވެ. އެ ފަދަ ގައުމު ތަކުގެ އަޑު ވަރަށް ގަދަ އެވެ. ދުނިޔޭގެ ހާލަަތަށް ބަލާއިރު ވާދަވެރިކަން އެންމެ ބޮޑުވާނެ ކަމަށް ބެލެވެނީ ވެސް ނިއުކްލިއާ ވޯހެޑް ގިނަ ކުރުމުގަ އެވެ.
މިވަގުތު އެންމެ ގިނަ ނިއުކްލިއާ ވޯހެޑް ހުރި ގައުމުތަކަކީ އެމެރިކާ އާއި ރަޝިއާ އެވެ. ދުނިޔޭގައި ހުރި ނިއުކްލިއާ ވޯހެޑްގެ 90 ޕަސެންޓް ހުރީ މި ދެ ގައުމުގަ އެވެ. ނިއުކްލިއާ ވޯހެޑް އެންމެ ގިނައިން ހުރީ ރަޝިއާގަ އެވެ. އެއީ 5،997 އެވެ. އެމެރިކާގައި 5،428 އެވެ. ނިއުކްލިއާ ވޯހެޑް ހުރިު އެހެން ގައުމުތަކަށް ބަލާއިރު ޗައިނާގައި 350 ވޯހެޑް، 290 ވޯހެޑް، އިނގިރޭސިވިލާތުގައި 225، ޕާކިސްތާންގައި 165، އިންޑިއާގައި 156، އިޒްރޭލުގައި 90 އަދި އުތުރު ކޮރެއާގައި 20 ވޯހެޑް ހިމެނެ އެވެ.
ސްޓޮކްހޯމް އިންސްޓިޓިއުޓް ފޮ ޕީސް ރިސާޗްއިން ނިއުކްލިއާ ހަތިޔާރާ ބެހޭ ގޮތުން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލައި މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ވާދަވެރިކަން އެންމެ ބޮޑުވާނީ ނިއުކްލިއާ ވޯހެޑް އެންމެ ގިނަ ގައުމަކަށް ވުމަށް ކުރާ މަސައްކަތުގަ އެވެ. އަދި ނިއުކްލިއާ ހަތިޔާރާއި ނިއުކްލިއާ ވޯހެޑް ވަކިން ދަރަޖަކޮށްފި ނަމަ ބާރުވެރިކަން ހުރި ގައުމުތަކުން ނިއުކްލިއާ ވޯހެޑް ގިނަ ކުރަން އިސްކަން ދޭނެ އެވެ.