"މި" ނިއުސްރޫމުގައި ފުރުސަތު އެބައޮތް: ޝައުގުވެރިތޯ؟

"މި" ނޫހަށް ބޭނުން ވަނީ ޝައުގުވެރި ކަމާއެކު ގިނައިރު އުފެއްދުންތެރި މަސައްކަތް ކުރެވޭނެ އަދި އެގޮތަށް ނޫސްވެރިކަން ކުރަން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނެވެ.

ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރަން ވަރަށް ޝައުގު ހުރި އަދި ރަނގަޅު ފެންވަރުގައި ނޫސްވެރިކަން ކުރަން ބޭނުންވާ ޒުވާނުންނަށް "މި" ނޫހުގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތާއި މި ނޫހުގެ ނިއުސް ރޫމްގައި އިންޓާންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"މި" ނޫހުގެ ފަހި ފުރުސަތު ހުޅުވާލާފައި ވަނީ 30 ނޮވެމްބަރުގެ ނިޔަލަށެވެ. ވަޒީފާއަށް ނަގާ ފަރާތްތަކާއި އިންޓާންގެ ގޮތުގައި ތަމްރީނު ދިނުމަށް ފަހު، ދެއްކި ޝައުގުވެރިކަމާއި ހުނަރަށް ބަލައި ވަޒީފާ ދޭނެ ފަރާތްތަކަށް ވެސް ނޫހުގެ އެތެރޭގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގައި އަހުލުވެރި ކުރުވާނެ އެވެ.

  • 1.ޖާނަލިސްޓުން
  • 2.ވިޑިއޯ އެޑިޓަރުން
  • 3.ގްރެފިކް ޖާނަލިސްޓުން
  • 4.ޑޭޓާ އެނަލިސްޓުން

"މި" ނޫހަށް ބޭނުން ވަނީ ޝައުގުވެރި ކަމާއެކު ގިނައިރު އުފެއްދުންތެރި މަސައްކަތް ކުރެވޭނެ އަދި އެގޮތަށް ނޫސްވެރިކަން ކުރަން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނެވެ. ނޫސްވެރި ކަމަށް ޝައުގުވެރިކަން ހުރުމުގެ އިތުރުން މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި ބާއްވާ އިވެންޓުތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ކަވަރުކޮށް ދާއިރާ އާއި ގުޅޭ މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދެޖިންސުގެ ޒުވާނުންނަށް އިސްކަން ދޭނެ އެވެ.

ޝައުގުވެރިވާ ފަރާތްތައް ކަންކުރާނެ ގޮތް

  • 1.ތަމްރީންތަކުގެ ސެޓްފިކެޓްތައް
  • 2.އައިޑީކާޑުގެ ކޮޕީއާއި ޕާސްޕޯޓް ފޮޓޯ
  • 3.ޕޮލިސް ރިޕޯޓު،
  • 4.އީމެއިލް: info@minoos.mv އަށް
  • 5.އިދާރާ: ހ. ފެއާލިން ދެވަނަ ބުރިއަށް

"މި" ނޫހަކީ މީގެ ތިން މަސް ދުވަސް ކުރިން އުފައްދައި އާންމު މަގޫބުލުކަމެއް ހޯދަމުން އަންނަ ނޫހެކެވެ. އަދި "މި" ނޫހުގައި ފުރިހަމަ ނިއުސް ރޫމެއް. މިޒަމާނުގެ ވަސީލަތްތަކާއެކު ގާއިމް ކޮށްފައިވާއިރު ނޫސްވެރި ކަމުގެ ތަޖުރިބާ ލިބިފައި ނޫސްވެރިން މިވަގުތު ވެސް މަސައްކަތް ކުރެ އެވެ. އަދި "މި" ނޫހުން މަސައްކަތް ކުރަނީ ހަމަ ހަމަ ކާމާއި އިންސާފުވެރި ކަމާއި އިތުބާރު ދަމަހައްޓައިގެނެެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.