ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ ފަށައިފި

މި އެކްސްޕޯއަކީ ޒުވާނުންނަށް ހުނަރާއި ގާބިލުކަން އިތުރު ކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށާއި މުސްތަގުބަލުގައި ވަޒީފާގެ މައިދާނުގައި ކުރިއަށް ދެވެންހުރި މަގުތައް ރާވަން އެހީތެރިވެދޭ ދެދުވަހުގެ އެކްސްޕޯއެކެވެ.

އެކްސްޕޯގެ ސްޓޯލެއްގައި ޒުވާނުންތަކެއް: މިއީ ދެ ދުވަހުގެ އެކްސްޕޯއެއް

ފަހުރުވެރި ދިވެހި އާއިލާއެއް ބިނާ ކުރަން ހުނަރުވެރިން ތަމްރީނު ކުރަން ހުރި ފުރުސަތުތައް ފަހި ކޮށްދީ އުފެއްދުންތެރި ޒުވާނުން ބިނާ ކުރަން ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ ހުޅުމާލޭގައި އިއްޔެ ފަށައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެކްސްޕޯ ބައްލަވާލައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރޭ އެކްސްޕޯއަށް ޒިޔާރަތް ކުރެއްވި އެވެ.

ރައީސް ދެކަނބަލުން ވަނީ އެކްސްޕޯގެ ސްޓޯލަތަކަށް ވަޑައިގެން މައުލޫމާތުތައް އޮޅުންފިލުއްވާފަ އެވެ. އަދި އެކްސްޕޯގައި ތިބި ބައެއް ޒުވާނުނާ ބައްދަލުކުރައްވައި ވާހަކަފުޅު ވެސް ދެއްކެވި އެވެ.

މި އެކްސްޕޯއަކީ ޒުވާނުންނަށް ހުނަރާއި ގާބިލުކަން އިތުރު ކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށާއި މުސްތަގުބަލުގައި ވަޒީފާގެ މައިދާނުގައި ކުރިއަށް ދެވެންހުރި މަގުތައް ރާވަން އެހީތެރިވެދޭ ދެ ދުވަހުގެ އެކްސްޕޯ އެކެވެ.

އެކްސްޕޯ އަމާޒު ކޮށްފައި ވަނީ 16 އަހަރާއި 35 އަހަރުގެ ޒުވާނުންނަށެވެ. އެކްސްޕޯގައި 30 ސްޓޯލް ހިމެނެއެވެ. އަދި އެކްސްޕޯއަކީ ހަޔާ އެޑިއުކޭޝަނާއި ޔޫތު މިނިސްޓްރީގެ އިސް ނެގުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.