ޓްރާސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅަކު "މި" ނޫހަށް މިރޭ ވިދާޅުވި ގޮތުގައި ވަގަށް ވެހިކަލްތަކެއް ރަޖިސްޓްރީ ކޮށްދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް އޭސީސީން ދަނީ ބަލަމުންނެވެ. އެކަން އެ ކޮމިޝަނުން ޓްރާސްޕޯޓަށް އަންގާ މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތުގެ މައުލޫމާތުވެސް އޮތީ ހިއްސާ ކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު، އެ މަގާމުން ސަސްޕެންޑްކޮށްފި އެވެ. ރޫޝޫނާގެ މައްޗަށް އޮތީ ވަގަށް ވެހިކަލްތަކެއް ރަޖިސްޓްރީ ކޮށްދިން ކަމަށް ކުރެވޭ ތުހުމަތެވެ.
އޭނާ އެ މަގާމުން ސަސްޕެންޑްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅަކު "މި" ނޫހަށް މިރޭ ވިދާޅުވި ގޮތުގައި ވަގަށް ވެހިކަލްތަކެއް ރަޖިސްޓްރީ ކޮށްދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް އޭސީސީން ދަނީ ބަލަމުންނެވެ. އެކަން އެ ކޮމިޝަނުން ޓްރާސްޕޯޓަށް އަންގާ މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތުގެ މައުލޫމާތުވެސް އޮތީ ހިއްސާ ކޮށްފައެވެ.
އޭސީސީން އެ މައުލޫމާތު ސިވިލްސާވިސް ކޮމިޝަނަށް ހިއްސާ ކުރުމުން ރުޝޫނާ ސަސްޕެންޑް ކުރީ އެ ކޮމިޝަނުން ނެވެ. އެތައް ބައެއްގެ އަތުން އެކި އަދަދުތަކުން ފައިސާ ނަގައިގެން ވަގަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިން ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ. މިކަމާއި ގުޅޭގޮތުން ރުޝޫނާ ވަކި އެއްޗެއް ނުބުނެއެވެ.
އަދި ޓްރާސްޕޯޓް މިނިސްޓްރީ އާއި މިނިސްޓަރު ނަހުލާގެ ބަހެއްވެސް ލިބޭ ގޮތެއް ނުވެއެވެ.
ގަވައިދާ ހިލާފަށް ރަޖިސްޓަރީ ކޮށްފައިވާ 150 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލުކުރުމުން ބައެއް ވެހިކަލްތަކުގެ ވެރީން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ގެންގޮސްފައެވެ. މައްސަލައާ ގުޅިގެން ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައި ބުނެފައިވަނީ މައްސަލަ ބަލައި ނިމެންދެން ރަޖިސްޓްރީ ބާތިލް ކުރަން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލުމަށެވެ. އަދި ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލު ކަމަށް މި ހިނދަށް ނުބެލުމަށެވެ.
ކޯޓްގެ މި އަމުރަށް އެދި 87 ވެހިކަލެއްގެ ވެރީން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައެވެ.
ޓްރާސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި ދެ ފަހަރެއްގެ މަތީން 150 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލުކުރީ ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައި ވަނިކޮށް ގަވާއިދާ ހިލާފަށް، އޮޅުވާލައިގެން ރަޖިސްޓްރީ ކޮށްފައިވުމާއި ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ކޮށްފައިވާކަން ފާހަގަ ކުރެވިގެނެވެ. ނަމަވެސް އެކަން އެ ގޮތަށް އެ މިނިސްޓަރީ ތެރޭން ކުރެވުނު ގޮތެއް ސާފެއް ނުކޮށް ދެއެވެ.
އެ މައްސަލާގައި މިނިސްޓަރު ނަހުލާވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޮޑިޓް ތެރޭގައި އޮޅުވާލައިގެން ރަޖިސްޓާ ކޮށްފައިވާ އުޅަނދުތައް ފާހަގަވަމުންދާ ކަމަށެވެ.
"ގަވާއިދާއި ހިލާފަށް ރަޖިސްޓާ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލު ކުރާނެ ވާހަކަ ދަންނަވަން. އުޅަނދު ރަޖިސްޓާ ކުރުމުގައި ގަވާއިދުގެ ތެރެއިން ކުރުމަށް އިލްތިމާސް ކުރަން،"
ނަހުލާ ވިދާޅުވި ގޮތުގައި "ޒީރޯ ޓޮލަރެންސް ޓް ކޮރަޕްޝަ" ނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެހެން ކަމުން ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއް ނެތި އެކަމަނާ އަޅުއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ ކަންކަން ހަމަމަގަށް އެޅުމުގައި އެއްވެސް ފަސްޖެހުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާ ކަމަަށެވެ.
ތިޔަ ކަންތައްކުރީ ސީދާ މިނިސްޓަރު ނަހުލާގެ ބެލުމުގެ ދަށުން ޒީރޯޓޮލަރެންސުން ފައިސާ މިނިސްޓަރަށް ދާގޮތަށް. މިހާރު ނޭގޭ ކަމަށް ހެދިޔަސް ހެކި އެބަހުރި ހުރިބައެއްގެ އަތުގައި އަދިވެސް ތިތާތެރެއިން އެކަން އެބަކުރޭ ވައެއްލާހާ ފަސޭހަކޮށް.
ތިކަމުގަ ޓްރާންސްޕޯރޓް ގަ އުޅުނު މިހާރު މުސްކުޅި ކަމުން ރިޓަޔާރ ކުރި ހަލީންބެ ނުހިމެނޭތަ!
ފުލައި އައްމަޑޭ ފޯމްއާ ހަވާލު ވަނީ އެއީ ނަހުލާގެ ބޭބެ