ދުނިޔެއަށް އުންމީދު އާކޮށް ދެމުން ޖީ20 ގެ ރިޔާސަތާ އިންޑިއާ ހަވާލުވެއްޖެ

ޑިސެމްބަރު މަހުގެ އިންޑިއާގެ ދައުރު ފަށާނީ ދުނިޔެއަށް އިގްތިސޯދީ ދަތިތަކާއި ދަތީގެ އާ ޓްރެންޑްތަކާ ވެސް ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

ޖީ20 ރިޔާސަތާ އަންނަ އަހަރަށް ހަވާލުވެ ވަޑައިގަތުމަށްފަހު އިންޑިއާގެ ބޮޑު ވަޒީރު ރިޔާސަތުގެ މުގުރު އުފުއްލަވާލައްވަނީ އަރިހުގައި އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ
ޖީ20 ރިޔާސަތާ އަންނަ އަހަރަށް ހަވާލުވެ ވަޑައިގަތުމަށްފަހު އިންޑިއާގެ ބޮޑު ވަޒީރު ރިޔާސަތުގެ މުގުރު އުފުއްލަވާލައްވަނީ އަރިހުގައި އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ

އިންޑޮނޭޝިއާގެ ބާލީގައި ބުދަ ދުވަހު ޖީ20 ގެ ލީޑަރުންގެ ސަމިޓް ނިންމާލަމުން، އަންނަ އަހަރަށް ރިޔާސަތު އިންޑިއާއާ ހަވާލު ކޮށްފި އެވެ. ރިޔާސަތު އިންޑިއާއާ ކޮށްދެއްވީ އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އެވެ.

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯގެ އަތްޕުޅުން ރިޔާސަތުގެ "ތަޅުދަނޑި" ހަވާލުވެވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މެމްބަރު ހުރިހާ ގައުމަކަށް މަރުހަބާ ދަންނަވާ ދައުވަތު އަރުވާފަ އެވެ. އިންޑިއާއިން ރަސްމީކޮށް ރިޔާސަތާ ހަވާލު ވާނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެނެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއް

ކުރިޔަށް އޮތް އަހަރަށް ޖީ20 ގެ ރިޔާސަތާ ހަވާލު ވަޑައިގަނެ އިންޑިއާގެ ބޮޑު ވަޒީރު ނެރެންދުރަ މޯދީ ވަނީ ދުނިޔެއަށް އުންމީދު އާކޮށް ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. ބޮޑު ވަޒީރު މޯދީ ވިދާޅުވީ އިންޑިއާގެ ރިޔާސަތުގައި އިސްކަން ދެއްވާނެ އެޖެންޑާއަކީ އެ މަނިކުފާނުގެ ކުރިޔަށް ނެރުއްވާފައިވާ "އެއް ބިމެއް / ދުނިއެއް، އެއް އާއިލާއެއް، އެއް މުސްތަގުބަލެއް’ ގެ ތަސައްވުރުގެ ހުރިހާ ކަމެއް ހަގީތަކަށް ހެދުމަށް މައްޗަށް މަސައްކަތް ކުރައްވަން ކަމަށެވެ.

ބޮޑު ވަޒީރު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޯމަޝަނަކީ މިޒަމާނުގައި އެންމެ ފާހަގަ ކޮށްލެވޭ ބަދަލު ކަމަށާއި، އޭގެ ފައިދާ ދުނިޔޭގެ އެންމެންނާ ހަމައަށް ފޯރާން ޖެހޭ ކަމަށެވެ.

"އަންނަ އަހަރު ޖީ-20 ގެ ރިޔާސީ ދައުރުގައި އިންޑިއާ އިން ޖީ-20 ގެ ބައިވެރިންނާ ގުޅިގެން މި މަގުސަދު ހާސިލް ކުރުމަށް މަސައްކަތް ކުރާނެ އުސޫލަކީ އަޅުގަނޑުގެ ރިޔާސީ ދައުރުގެ މައިގަނޑު ތީމް 'އެއް ދުނިޔެ، އެއް އާއިލާ، އެއް މުސްތަބަލެއް'،" މޯދީ ވިދާޅުވި އެވެ. "މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ޑިޖިޓަލް ހައްލުތަކަކީ އެހީތެރިވެދޭނެ ހައްލުތަކެއް - ކޮވިޑް-19 އިގެ ދުވަސްވަރު ރިމޯޓުން މަސައްކަތްކުރާ އަދި ކަރުދާސް ނެތް ފެހި އޮފީސްތަކުގެ މިސާލުތައް އަޅުގަނޑުމެން އެންމެންނަށް ފެނުނު ފަދައިން،"

އިންޑިއާގެ ބޮޑު ވަޒީރު މޯދީ އާއި އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ


ޑިސެމްބަރު މަހުގެ އިންޑިއާގެ ދައުރު ފަށާނީ ދުނިޔެއަށް އިގްތިސޯދީ ދަތިތަކާއި ދަތީގެ ޓްރެންޑްތަކާ ވެސް ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަން އާއި، ޖީ20ގެ ހުރިހާ މެމްބަރުން ރަޝިޔާއާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސް ކަމުގެ ސަބަބުން އިންޑިއާއިން ބާއްވާ ކޮންމެ ބައްދަލުވުމެއްގައި ވެސް އެ އުދާސްތައް އުފެދިފައި އޮންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.