ބޮޑު ސްކްރީނުގައި ވޯލްޑްކަޕް ދެއްކޭނެ: މީޑިއާނެޓް

މިއަހަރު ވޯލްޑްކަޕްގެ މެޗުތައް ރާއްޖޭގައި ދައްކަން ހަމަޖެހިފައި ވަނީ މީޑިއާނެޓުގެ އައިސް ޓީވީ، ރާއްޖެޓީވީ އަދި ޕީއެސްއެމްގެ ޔެސް ޓީވީންނެވެ.

މީޑިއާނެޓް އޮފީސް: ބޮޑު ސްކްރީނުގައި ވޯލްޑްކަޕް ދެއްކޭނެ ކަމަށް ވަނީ ބުނެފައި --

އަންނަ އާދީއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑްކަޕްގެ މެޗުތައް ރާއްޖޭގައި ބަލާއިރު ބޮޑު ސްކްރީނުން ދެއްކޭނެ ކަމަށް މީޑީއާނެޓުން ބުނެފި އެވެ.

މި އަހަރުގެ ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ގަނެފައި ވަނީ މީޑިއާނެޓުން އެކަންޏެވެ. ވޯލްޑްކަޕްގެ މެޗުތައް ބޮޑު ސްކްރީނުގައި ދެއްކުން މަނާ ކުރި ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ވަނީ ދޮގު ކޮށްފަ އެވެ.

އެގޮތުން ފީފާގެ ގަވާއިދުގެ ދަށުން އާންމު ތަންތަނުގައި ބޮޑު ސްކްރީނު ބަހައްޓައިގެން ވިޔަފާރި އުސޫލު ނޫން ގޮތަށް ވޯލްޑްކަޕްގެ މެޗްތައް ދެއްކުމަކީ މަނާކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

"ވިޔަފާރި އުސޫލުން، މާލީ މަންފާއެއް ހާސިލު ކުރުމަށްޓަކައި ވޯލްޑްކަޕް ދެއްކުމަކީ މަނާކަމެއް،" މީޑިއާނެޓުން ބުންޏެވެ.

މީޑިއާނެޓުން ބުނެފައި ވަނީ ދިވެހިންނަކީ ފުޓުބޯޅައަށް ލޯބި ކުރާ ބަޔަކަށްވާއިރު، ޒަމާނުއްސުރެެއް ގިނަބަޔަކު އެއްކޮށް ވޯލްޑްކަޕް ބެލުމުގެ ސަގާފަތް އޮވެ އެވެ. އެގޮތުގެ މަތިން ފީފާ އާއި މީޑިއާނެޓްގެ ގަވާއިދާ ވެސް އެއްގޮތަށް އާންމު ތަންތަނުގައި މެޗުތައް ބެލުމަކީ އެ ކުންފުނިން ހުރަސް އަޅާނެ ކަމެއް ނޫން ކަމަށެވެ.

މީޑިއާނެޓުން މިހެން ބުނިއިރު، ޔޫތު މިނިސްޓްރީ އިން ދަނީ މެޗުތައް ދެއްކުމަށް ޖަމިއްޔާތަކަށް ޕްރޮޖެކްޓަރުތައް ވެސް ދޫކުރަމުންނެވެ. އެގޮތުން ޕްރޮޖެކްޓަރުތައް ދޭނީ ކުރިން ނުދޭ ޖަމިއްޔާތަކަށް ކަމަށް މިނިސްޓްރީ އިން ބުނެފައިވެ އެވެ.

މިއަހަރު ވޯލްޑްކަޕްގެ މެޗުތައް ދައްކަން ހަމަޖެހިފައި ވަނީ މީޑިއާނެޓުގެ އައިސް ޓީވީ، ރާއްޖެޓީވީ އަދި ޕީއެސްއެމްގެ ޔެސް ޓީވީންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.