އަޒުހަރުގެ ގްރޭންޑް މުފްތީ ރާއްޖެ ވަޑައިގަންނަވަނީ

މުފްތީ ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތެއް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް މިސްރުގައި މުފްތީއާ ބައްދަލު ކުރައްވަ އެވެ.

މިސްރުގެ އަޒްހަރުގެ ގްރޭންޑް އިމާމް ޕްރޮފެސަރު އަހުމަދު އަލްތައްޔިބު

މިސްރުގެ އަޒްހަރު ޔުނިވާސިޓީގެ ގްރޭންޑް އިމާމް ޕްރޮފެސަރު އަހުމަދު އަލް ތޮއްޔިބު ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި އެވެ. އެ މަނިކުފާނު ރާއްޖެ ވަޑައިގަންވަނީ ރާއްޖޭގެ ނައިބު ރައީސް މިސްރުގައި ދެއްވި ދައުވަތެއް ގަބޫލުފުޅު ކުރެއްވަ އެވެ.

ނައިބު ރައީސް ފައިސަލް ދެއްވި ދައުވަތު މުފްތީ ގަބޫލު ކުރެއްވި އިރު މިސްރުގެ ޝަރުމު އަލް ޝައިހްގައި ބޭއްވި އދ. ގެ ކޮޕް ސަމިޓްގެ ތެރެއިން ދެ ބޭފުޅުން ބައްދަލު ކުރައްވާ ވަނީ މަޝްވަރާތައް ވެސް ބާއްވަވާ އެވެ.

ރާއްޖޭގެ ރައީސް އޮފީހުން ބުނީ ނައިބު ރައީސް ފައިސަލާއި ގްރޭންޑް މުފްތީގެ ބައްދަލުވެ ކުރެއްވި މަޝްވަރާގައި ރާއްޖެއަށް ކުރު މުއްދަތުގެ ތަމްރީނާއި ސްކޮލާޝިޕްތަކުގެ ފުރުސތައި މދައްރިސުން ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

  • 1.އިންޖިނޭރިން އާއޮ މެޑިސިންގެ ދާއިރާއިން ސްކޮލާޝިޕްގެ ފުރުސަތު ހޯދައިދޭނެ
  • 2.އަރަބި ބަހުގެ ތަމްރީނު މަރުކަޒެއް ރާއްޖޭގައި އަޅަން މަޝްވަރާ ކުރި

އެ ދެ ބޭފުޅުންގެ މަޝްވަރާގައި ތައުލީމާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި އިމާމުން ތަމްރީނު ކުރުމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާބެހޭ ގޮތުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ ތަފާތު މައުލޫތަކުގައި ވެސް ވާހަކަ ހިއްސާ ކުރައްވާފައި ވެއެވެ.

މިސްރަކީ މިހާރު ވެސް އިޖްތިމާއީ އިގްތިސޯދީ އަދި އިންސާނީ ވަސީލަތްތައް ތަރަގީ ކުރުމުގެ ގޮތުން ގިނަ އެހީތަކެއް ވެދޭ ގައުމެކެވެ. އަދި މިސްރުގެ އަޒުހަރު ޔުނިވާސިޓީއަކީ 1980 އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ކޮންމެ އަހަރަކު ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ސްކޮލާޝިޕްތައް ދޭ އަދި ރާއްޖޭ ތައުލީމުގައި މުހިމު ދައުރެއް އަދާ ކުރާ ޔުނިވާސިޓީ އެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.