ވަރަށް ބޮޑު އެ ސްކޫލުގައި އިއްޔެ އަލިފާން ރޯވި ނަމަވެސް ސިފައިން ގޮސް ވަނީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލާފަ އެވެ. އެ ހާދިސާ މެދުވެރިވީ ސްކޫލުގެ ފުރަތަމަ ފަންގިފިލާ އަދި އެންމެ މަތީ ފަންގިފިލާ ގައި ހުރި ކަރަންޓް ބޯޑުގަ
ހުޅުމާލޭގެ ރެހެންދި ސްކޫލުގައި އިއްޔެ ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން މި ހަފުތާގެ ކިޔެވުން އޮންލައި ންކޮށްފި އެވެ.
އަލިފާން ރޯވީ އެ ސްކޫލުގެ ކަރަންޓު ބޯޑެއްގަ އެވެ. އިއްޔެ ހެނދުނު 6:30 ހާއިރު މި ހާދިސާ ހިނގުމުން ސްކޫލުގައި ތިބި ދަރިވަރުންނަށް ސްކޫލުން ނެރެ، ކިޔެވުން ވަނީ ކެންސަލް ކޮށްފަ އެވެ.
އެ ސްކޫލުން ރޭ ނެރުނު ލިޔުމެއްގައި ބުނީ، ސްކޫލުގެ ކަރަންޓު ވިއުގައަށް ލިބުނު ގެއްލުންތައް ސްޓެލްކޯގެ ބެލުމުގެ ދަށުން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ލަފަޔާއެކު މި މައްސަލަ ހައްލުކޮށް، ކުރިއެކޭ އެއްފަދައިން ކިޔަވައިދެވޭނެ ކަމަށް ލަފާ ކުރެވެނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މިއަދުން ފެށިގެން މި ހަފުތާގެ ދުވަސްތަކުގައި ކިޔަވައި ދޭނީ ގޫގުލް މީޓް މެދުވެރިކޮށް އޮންލައިންކޮށެވެ.
ވަރަށް ބޮޑު އެ ސްކޫލުގައި އިއްޔެ އަލިފާން ރޯވި ނަމަވެސް ސިފައިން ގޮސް ވަނީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލާފަ އެވެ. އެ ހާދިސާ މެދުވެރިވީ ސްކޫލުގެ ފުރަތަމަ ފަންގިފިލާ އަދި އެންމެ މަތީ ފަންގިފިލާ ގައި ހުރި ކަރަންޓް ބޯޑުގައި ރޯވެގެނެވެ.