އެ ފައިނަލް މެޗަށް ފަހުު ހަމަނުޖެހުމަކަށް ބަދަލުވީ މެޗުގައި ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން ސަޕޯޓަރުންްގެ މެދުގައި ހިޔާލު ތަފާތު ވެގެނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ފެންފުޅި އުކުން ފަދަ ކަންކަން ހިނގި އެވެ.
އިއްޔެ ހަވީރު ރ. އުނގޫފާރުގައި ކުޅުނު ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗްގައި ހަމަނުޖެހުން ހިންގާ ބަޔަކަށް އަނިޔާ ވެފައިވާއިރު ޖިސްމާނީ އަނިޔާވީ ދެ މީހަކަށް ކަމަށާއި އިތުރު 14 މީހަކަށް ފަރުވާ ދިނީ ހާދިސާގެ ސަބަބުން ބިރުގަތުމުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުސް އިދާރާއިން ބުނީ އިއްޔެގެ ހަމަނުޖެހުުމުގައި ޖިސްމާނީ އަނިޔާތައް ވެގެން 14 އަހަރުގެ ފިރިހެން ކުއްޖަކާއި 39 އަހަރުގެ އަންހެނަކަށް ފަރުވާ ދީފައިވާ ކަމަށާއި އަދި 18 އަރުން ދަށާއި އެއަށްވުރެ ދޮށީ މީހުން ހިމެނޭ ގޮތަށް 14 މީހަށް ފަރުވާން ދޭން ޖެހުނު އިރު އެމީހުނަކީ ހަމަނުޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް ބިރުގަނެ ބޮލަށް އެނބުރުން އެރި މީހުން ކަމަށެވެ
އިއްޔެގެ އެ ހަމަނުޖެހުންތަކާ ގުޅޭ މައްސަލަ ބަލައި ތަހުގީގު ކުރަމުން ދިޔަ ނަމަވެސް މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުސް އިދާރާއިން ބުންޏެވެ.
އެ ފައިނަލް މެޗަށް ފަހުު ހަމަނުޖެހުމަކަށް ބަދަލުވީ މެޗުގައި ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން ސަޕޯޓަރުންްގެ މެދުގައި ހިޔާލު ތަފާތު ވެގެނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ފެންފުޅި އުކުން ފަދަ ކަންކަން ހިނގި އެވެ. މެޗު ނިމުމާއެކު ހަމަނުޖެހުން ބޮޑުވެ އަރައިގަތުމުގެ ސަބަބުން ބައެއް މީހުނަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނީ އެވެ.
ފައިނަލްގައި އިނގުރައިދޫ ބަލިކޮށް ދުވާފަރުން ޗެމްޕިއަންކަން ހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.