އެ ސްކޫލުގައި އަލިފާނެއް ރޯވި ނަމަވެސް ސިފައިން ގޮސް ވަނީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލާފަ އެވެ. އެ ހާދިސާ މެދުވެރިވީ ސްކޫލުގެ ފުރަތަމަ ފަންގިފިލާ އަދި އެންމެ މަތީ ފަންގިފިލާ ގައި ހުރި ކަރަންޓް ބޯޑުގައި ރޯވެގެނެވެ.
ހުޅުމާލޭގެ ރެހެންދި ސްކޫލުގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިގެން ދަރިވަރުން ސްކޫލުން ނެރެ، ސްކޫލް ހުސް ކުރަން ޖެހިއްޖެ އެވެ. ނަމަވެސް މި އަލިފާނުގައި އެއްވެސް ދަރިވަރަކަށް ވެސް އިތުރު މީހަކަށް ވެސް ގެއްލުމެއް ނުވެ އެވެ.
އެ ހާދިސާ ހިނގީ ދަރިވަރުން ހެނދުނުގެ ދަންފަޅީގައި ކިޔެވުން ފަށާން ދަނިކޮށް ސްކޫލުގެ ދެ ފަންގިފިލައެއްގައި ރޯވެގެނެވެ.
ވަރަށް ބޮޑު އެ ސްކޫލުގައި އަލިފާނެއް ރޯވި ނަމަވެސް ސިފައިން ގޮސް ވަނީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލާފަ އެވެ. އެ ހާދިސާ މެދުވެރިވީ ސްކޫލުގެ ފުރަތަމަ ފަންގިފިލާ އަދި އެންމެ މަތީ ފަންގިފިލާ ގައި ހުރި ކަރަންޓް ބޯޑުގައި ރޯވެގެނެވެ.
މި ހާދިސާ ބަލައި އެކަމުގެ ތަހުގީގެއް މިހާރު ވަނީ ފަށާފަ އެވެ. އަދި އެ ހާދިސާ ހިނގުމުން ސްކޫލްގެ ހުރިހާ ދަރިވަރުން ވަނީ ގެއަށް ފޮނުވާލާފަ އެވެ.