ހަމަނުޖެހުން ހިނގީ މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ސަޕޯޓަރުންްގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި ގުޅިގެންނެވެ. އިނގުރައިދޫ ބަލިކޮށް ދުވާފަރުން ޗެމްޕިއަންކަން ހޯދި މެޗް ނިމުނީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ތިން ގޯލު ޖެހީވެސް އިނގުރައިދޫ ޓީމުންނެވެ.
މިއަދު ހަވީރު ކުޅުނު ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗްގައި ހަމަނުޖެހުން ހިނގާ ބަޔަކަށް އަނިޔާވެއްޖެ އެވެ.
ހަމަނުޖެހުން ހިނގީ މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ސަޕޯޓަރުންްގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި ގުޅިގެންނެވެ. އިނގުރައިދޫ ބަލިކޮށް ދުވާފަރުން ޗެމްޕިއަންކަން ހޯދި މެޗް ނިމުނީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ތިން ގޯލު ޖެހީވެސް އިނގުރައިދޫ ޓީމުންނެވެ.
ނަމަވެސް ފަހުން އަރައި ހަތަރު ގޯލް ޖަހާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދުވާފަރުންނެވެ. މެޗުގެ ފުރަތަމަ ހާފްގައިވެސް ފެންފުޅު އުކުންފަދަ ކަންކަން ހިނގާދިޔަ އެވެ. މެޗު ނިމުމާއެކު ހަމަނުޖެހުން ބޮޑުވި އެވެ. އަދި ބައެއް މީހުންނަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ.
ހޮސްޕިޓަލުން ބުނީ 18 މީހަކު ފަަރުވާއަށް ގެނައި ކަމަށެވެ. ނަަމަވެސް ދެ މީހަކަށް ނޫން އެހެން މީހުންނަށް ފަރުވާ ދީ ވަގުތުން ފޮނުވާލާފައިވާ ކަމަށެވެ. ފުލުހުން ބުނީ ފަރުވާ ހޯދަން ހޮސްޕިޓަލް ދިޔަ 14 އަހަރުގެ ކުއްޖަކަަށާއި 39 އަހަރުގެ މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ.
މިއަދުގެ ހަމަނުޖެހުންތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.