މީގެ ކުރިން ވެސް ޝައިހު ވަނީ މިފަދަ ބައެއް ކަންކަން ތަކުރާރުކޮށް ސަމާލު ކަމަށް ގެނެސް ދީފަ އެވެ. ނިޝާނަކީ ޖޫން 21 ގައި ބޭއްވި ޔޯގާ އިވެންޓާ ދެކޮޅު ހަދައި ހުއްޓުވަން ގޮވާލާ ނުކުންނެވި އިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ.
މީހަކު ހުޅުމާލޭގައި މީހަކު ޔޯގާގެ ބާތިލު އަޅުކަމެއް ކުރަން ސިފައިން ހިމާޔާތް ދީފި ކަމަށް ޝައިހް އާދަމް ނިޝާން ވީޑިއޯއެއް އާންމުކޮށް ޓްވިޓާގައި ވާހަކަ ދައްކައިފި އެވެ.
ރާއްޖޭގައި ހިންގާ އިސްލާމް ދީނާ ހިލާފު ކަންކަން ފާހަ ކުރައްވާ އެކަން ކަން ޓްވީޓް ކުރެއްވުމުގައި އުޅުއްވާ ޝައިހު ޓްވިޓާއަށް ދޫކޮށްލެއްވި ވީޑިއޯ ކްލިޕްގައި ހުޅުމާލޭ ތޮށި މަތީގައި މީހަކު ޔޯގާ ކަމަށް ބެލެވިދާނެ ހަރަކާތްތަކެއް ކުރާތަން ފެނެ އެވެ.
ނިޝާން ވިދާޅުވީ އޭނާ އާންމު ކުރި ވިޑިއޯގައި އެ ފެންނީ އިއްޔެ ހެނދުނު ހިންގާފައިވަ ކަމެވެ. އަދި އެކަން ކުރީ ސިފައިންގެ ހިމާޔާތް ދީގެނެވެ.
"މިއީ މިއަދު [އިއްޔެ] ހެނދުނު އެމްއެންޑީއެފުން ސެކިއުރިޓީއާއި ހިމާޔަތް ދީގެން ހުޅުމާލޭގައި، ހިންދީ ދީނުގެ ޔޯގާ ހަރަކާތުގެ އެންމެ ބޮޑު ޝިރުކު ހިމެނޭ 'ސޫރިޔާ ނަމަސްކާރު - ސަން ސެލިއުޓޭޝަން' ހެދުމަށް، މި ފަސްގަނޑުގައި ފުރުސަތު ދީފައިވާ ތަން،" ނިޝާންގެ ޓްވީޓްގައި އެނާ ލިޔެފައި ވެއެވެ. އޭނާ އަދި ވިދާޅުވީ އެއީ ހުއްދަ ކަމެއް ނޫން ކަމަށާއި އެފަދަ ޝިރުކު ކުރަން ފުރުސަތު ދިނުމަކީ ގާނޫނީ ގޮތުންވެސް މަނާ ކަމެއް ކަމަށެވެ.
"ދީނީ ގޮތުން މިއީ އެއްގޮތަކަށް ވެސް ހުއްދަވާނެކަމެއް ނޫން. މިފަދަ ޝިރުކުގެ އަމަލުތައް ކުރުމަށް ފުރުސަތު ދިނުމަކީ ގާނޫނީ ގޮތުންވެސް މަނާ ކުރެވިފައިވާ ކަމެއް. ދިވެހި ސިފައިންނާއި ފުލުހުންގެ މައްޗަށް ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ވާޖިބުވެ ލާޒިމްވެގެން ވަނީ މިފަދަ ކަންކަން ހުއްޓުވުން، އޭނާ އިތުރަށް ލިޔެފައި ވެއެވެ.
މީގެ ކުރިން ވެސް ޝައިހު ވަނީ މިފަދަ ބައެއް ކަންކަން ތަކުރާރުކޮށް ސަމާލު ކަމަށް ގެނެސް ދީފަ އެވެ. ނިޝާނަކީ ޖޫން 21 ގައި ބޭއްވި ޔޯގާ އިވެންޓާ ދެކޮޅު ހަދައި ހުއްޓުވަން ގޮވާލާ ނުކުންނެވި އިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ. އެކަމާ ގުޅުުވައި ދައުލަތުން އޭނާގެ މައްޗަށް މިހާރު ދައުވާއެއްކޮށް ޝަރީއަތް ފަށާފަ އެވެ. އެއީ ޓެރަރިޒަމް ހިންގަން ހިތްވަރު ދިން ކަމަށް ބުނެ އެވެ.