އިދިކޮޅު ޕީޕީއެމުން ބުނާ ގޮތުގައި އިންޑިއިން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެ އެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖެ ފައިބައި އެބަތިއްބެވެ. އޭގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާފައި ވެއެވެ. ނަމަވެސް އިންޑިއާ އާއި ދިވެހި ސަރުކާރުން އެކަން ދޮގު ކުރެ އެވެ.
ދިވެހި ރާއްޖެއާ އެކުގައި އޮތް ހާއްސަ ގުޅުން އިތުރަށް ބަދަހި ކުރުމާއެކު އެގޮތް މަތީ ދެމި އޮންނާނެ ކަމަށް ވައުދު ވަމުން އިންޑިއާއިން ރާއްޖޭގެ ޖުމްހުރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔައިފި އެވެ.
ރާއްޖޭގޭ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު، މިއަދު ފާހަގަ ކުރާ ރާއްޖޭ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ދެންނެވުމާއެކު ވިދާޅުވީ އިންޑިއާގެ "ނެއިބާހުޑް ފަސްޓް" އަދި ރާއްޖޭގެ "އިންޑިއާ ފަސްޓް" ސިޔާސަތުގެ ދަށުން ބަދަހި ވަމުންދާ ދެ ގައުމުގެ ދެމެދުގައި ވާ ހާއްސަ ގުޅުމުގެ އަގު ވަޒަން ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ އެމްބެސަޑަރު މުނު މަހާވަރު ވެސް ވަނީ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި މަރުހަބާ ވިދާޅުވުމާއެކު އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ބަދަހި ގުޅުން އެގޮތް މަތީގައި ކުރިޔަށް ގެންދިއުމުގައި އިންޑިއާ ދެމި އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާ އަކީ އަބަދުވެސް ރާއްޖެއާ އެންމެ ގާތް ގުޅުމެއް ބާއްވާ އަވަށްޓެރި ގައުމެވެ. އެ ގުޅުމަށް ބުރޫއަރާފައި އޮތީ ރައީސް އަބްދުﷲ ޔާމީންގެ ވެރި ކަމުގައި އެ މަނިކުފާނު ސަމާލުކަން އިންޑިއާއަށް ވުރެ ބޮޑަށް ޗައިނާއަށް ދެއްވުމުންނެވެ. ނަމަވެސް ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއެކު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހި ކޮށްފަ އެވެ.
އިދިކޮޅު ޕީޕީއެމުން ބުނާ ގޮތުގައި އިންޑިއިން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެ އެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖެ ފައިބައި އެބަތިއްބެވެ. އޭގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާފައި ވެއެވެ. ނަމަވެސް އިންޑިއާ އާއި ދިވެހި ސަރުކާރުން އެކަން ދޮގު ކުރެ އެވެ.