އަލަމްގީރަށް އިތުރު 9 މަހުގެ ޖަލު ހުކުމެއް

ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ހަ ދައުވާއަށެވެ. އޭނާ ޝަރީއަތުގައި ކުށަށް އިއުތިރާފު ވުމުން ހުކުމް ކޮށްފައި ވަނީ އަވަސް ނިޔާގަ އެވެ. ޖުމްލަ ނުވަ މަހާއި 13 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.

ބަންގާޅުގެ އެމްޑީ އަލަމްގިރް: އެއްޖިންސުން ގުޅުން ހިންގައި ވިޑިއޯކޮށް އޮރިޔާން ކާޑު އުފެއްދި

ރާއްޖޭގައި ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ބަންގާޅުގެ އެމްޑީ އަލަމްގީރުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގި ދައުވާތަކެއް ސާބިތުވެ، އިތުރު ނުވަ މަހަށް ޖަލަށް ލާން މިއަދު ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ހަ ދައުވާއަށެވެ. އޭނާ ޝަރީއަތުގައި ކުށަށް އިއުތިރާފު ވުމުން ހުކުމް ކޮށްފައި ވަނީ އަވަސް ނިޔާގަ އެވެ. ޖުމްލަ ނުވަ މަހާއި 13 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ.

އަލަމްގީރުގެ މައްޗަށް ވަކިވަކި ދައުވާތަކަށް އަދަބު ކަނޑައަޅާފައިވެ އެވެ.

  •  ފުރަތަމަ ދައުވާ: 4 މަހާ 24 ދުވަސް
  •  ދެވަނަ ދައުވާ: ދެ މަހާއި 12 ދުވަސް
  •  ތިންވަނަ ދުއުވާ: 1 މަހާއި ހަ ދުވަސް
  •  ހަތަރުވަނަ ދައުވާ: 18 ދުވަހަށް
  •  ފަސްވަނަ ދައުވާ: ނުވަ ދުވަސް
  •  ހަވަނަ ދައުވާ: ހަތަރު ދުވަސް

މީގެ ކުރިން ވެސް އޭނާގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގި ތިން ދައުވާއެއް ސާބިތު ވެފައި ވެއެވެ. އެ މައްސަލައިގައި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމެއް ކުރި އެވެ. އޭގެ ފަހުން އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާއެއް ސާބިތު ވެފައިވެ، ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވަކިވަކި ޝަރީއަތްތައް އަންނަނީ ހިންގަމުންނެވެ. އަދި ބައެއް މީހުންނަށް މިހާރު ވަނީ ހުކުމް ވެސް ކޮށްފަ އެވެ.

ކޮމެންޓް

1
450
ސައުސަން ޝާފިއު
1 year ago

ވައި ސްޓޯރީއެއްނު ތީ މިހާރު، ބޭނުން ކަންތައް ހާސިލު ވެއްޖެނު ނާޒިމް މެން ހަށިގަނޑު ފިރިހެނަކަށް ދީގެން އެކަން ނޯމަލް ،ކޮށްލައިފިއެއްނު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.