ޑަބްލިއުޑީސީ ބައި-އިލެކްޝަންތަކުގެ އިސްލާހު ތަސްދީގު ކޮށްފި

ގާނޫނު މިއަދު ގެޒެޓް ކޮށްފައިވާއިރު، ގެޒެޓްކުރާ ހިސާބުން ފެށިގެން ގާނޫނަށް އަމަލު ކުރަން ފަށާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ---

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް (ޑަބްލިޔުޑީސީ) ގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައި ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ކޮންމެ އަހަރަކު ގިނަ ބައި-އިލެކްޝަންތަކެއް ބާއްވަންޖެހޭތީ އިންތިހާބުތައް ބާއްވަން ބޮޑެތި ހަރަދުތައް ކުރެ އެވެ. އެހެންވެ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ޑަބްލިއުޑީސީގެ މެމްބަރެއްގެ މަގާމު ހުސްވާތާ ދެ ހަފުތާގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އީސީއަށް އަންގަން ޖެހެ އެވެ. ކޯރަމް ގެއްލޭ ހާލަތް ފިޔަވައި ބައި-އިލެކްޝަން ބާއްވަން ޖެހޭނީ 365 ދުވަސް ތެރޭގަ އެވެ. ކޯރަމް ގެއްލިއްޖެނަމަ ދެ މަސް ތެރޭ އިންތިހާބު ބާއްވަން ޖެހޭނެ އެވެ.

ގާނޫނު މިއަދު ގެޒެޓް ކޮށްފައިވާއިރު، ގެޒެޓްކުރާ ހިސާބުން ފެށިގެން ގާނޫނަށް އަމަލު ކުރަން ފަށާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.