ފުލުހުން މިރޭ ބުނީ ސޯޝަލް މީޑިއާގައި ދައުރުވި ދެ އަންހެނެއްގެ ބަރަހަނާ ވީޑިއޯގެ މައްސަލަ ތަހުގީގުކޮށް ނިންމާ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މަޝްވަރާއަށް ފޮނުވި ކަމަށެވެ. ނަމަވެސް މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީން ނިންމާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވި ދެ އަންހެނެއްގެ ބަރަހަނާ ވީޑިއޯ މައްސަލާގައި ހެކި ނެތް ކަމަަށް ނިންމާ ފައިލް ކޮށްފި އެވެ.
ޓިކްޓޮކްގައި މަޝްހޫރުވި އަދި ބައެއް ފިލްމުތަކުން ވެސް ފެނުނު އަންހެނަކާއި އިތުރު އަންހެނެއް ގައިގޯޅިވެ ބަރަހަނާވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އެ މައްސަލަ ފުލުހުން ބަލަން ފެށީ ވަރަށް ގިނަ ބަޔަކު މައްސަލަ ބަލަން ގޮވާލާ ވަރަށް ބޮޑު ޕްރެޝަރެއް އޮތުމުންނެވެ. ފުލުހުން މިރޭ ބުނީ ސޯޝަލް މީޑިއާގައި ދައުރުވި ދެ އަންހެނެއްގެ ބަރަހަނާ ވީޑިއޯގެ މައްސަލަ ތަހުގީގުކޮށް ނިންމާ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މަޝްވަރާއަށް ފޮނުވި ކަމަށެވެ. ނަމަވެސް މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީން ނިންމާފައިވާ ކަމަށެވެ.
އެހެން ކަމުން އެ މައްސަލަ ފައިލް ކޮށްފައިވާ ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުވި ދެ އަންހެނެއްގެ ބަރަހަނާ ވީޑިއޯ މައްސަލާގައި ހެކި ނެތް ކަމަަށް ނިންމާ ފައިލް ކުރިއިރު އެއް ޖިންސުން ގުޅުން ހިންގި ބޮޑު ނެޓްވޯކެއްގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ބަންގާޅުގެ ޒުވާން ފިިރިހެނަކާއެކު ދިވެހީންގެ ގިނަ ބަޔަކު ހިމެނޭހެން އެއް ޖިންސުން ގުޅުން ހިންގާ މަންޒަަރު ފެންނަ ގިނަ ވީޑިއޯތަކެެއް އާންމުވި އެވެ. ބަންގާޅު މީހާއާ ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުވެ މިހާރު ތިބީ ޖަލުގައި ހުކުމް ތަންފީޒު ކުރާށެވެ.