ހާއްސަ އިނާމު މި އަހަރު ލިބިވަޑައިގަންނަ ވަނީ 65 ފަރާތަކަށެވެ. މި އަހަރު ހުޅުވައިލި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް މީހުން ބިނާ ކުރުމުގެ ރޮނގުން ފާހަގަ ކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިގެން އިނާމު ހާސިލުކޮ ށްފައިވާ ކުންފުންޏަކަށް ވެސް އިނާމު ދޭނެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ އޮންނަ ޖަލްސާގައި 65 ފަރާތަކަށް ހާއްސަ އިނާމު ދޭން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު ލިބިވަޑައިގަންނަވަނީ ކީރިތި ގުރްއާން ހިތުދަސް ކޮށްގެން އެއް ވަނަ ދަރަޖައިގައި ފާސްވި 13 ހާފިޒުންނަށާއި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިފައިވާ ނުވަ ބޭފުޅަކަށެވެ. އަދި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 41 ބޭފުޅަކަށާއި ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީ އަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކޮށްފައިވާ ބޭފުޅަކަށް ވެސް އިނާމު ދެއެވެ..
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަ ކޮށްގެން މި އަހަރު ހުޅުވައިލި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް މީހުން ބިނާ ކުރުމުގެ ރޮނގުން ފާހަގަ ކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިގެން އިނާމު ހާސިލުކޮ ށްފައިވާ ކުންފުންޏަކަށް ވެސް އިނާމު ދޭނެ އެވެ.