ތިން ދާއިރާއަކުން ހަންގޭރީން ރާއްޖެއަށް އެހީވެ ދެނީ

ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ މިވަގުތު ހުންނެވީ ރާއްޖޭގަ އެވެ. މި އެއްބައްވުންތައް އައީ އޭނާ އެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މަޝްވަރާ ކުރުމަށް ފަހު އެވެ.

ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު

ތިން ދާއިރާއަކުން ދިވެހި ރާއްޖެއަށް އެހީ ފުޅާ ކުރަން ނިންމައި ހަންގޭރީން ރާއްޖެއާއެކު މުހިންމު އެއްބަސްވުންތަކެއް ހަދައިފި އެވެ. އެ ގައުމު އެހީ ވެދޭނީ ރާއްޖޭގެ އިގުތިސޯދަށާއި މަތީ ތައުލީމަށާއި ކުޅިވަރު ތަރައްގީކޮށްދޭށެވެ.

ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ މިވަގުތު ހުންނެވީ ރާއްޖޭގަ އެވެ. މި އެއްބައްވުންތައް އައީ އޭނާ އެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މަޝްވަރާ ކުރުމަށް ފަހު އެވެ.

މަތީ ތައުލީމުގެ އެއްބަސްވުމުގައި ރާއްޖޭން ސޮއި ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. އިގުތިސޯދީ އެއްބަސްވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ކުޅިވަރުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

އެއްބަސްވުންތަކާއެކު ދަށުން ހަންގޭރީއިން ދިވެހި ދަރިވަރުންނަށް އަހަރަކު ދޭ ސްކޮލާޝިޕް 25 އަށް އިތުރު ކޮށް 2024 ވަނަ އަހަރާ ހަމައަށް ޖުމްލަ 100 ސްކޮލާޝިޕް ހަމަކޮށްދޭނެ އެވެ. ކުރީން އަހަރަކު ދެނީ 15 ސްކޮލާޝިޕެވެ.

އަދި ރާއްޖޭގެ އެތުލީޓުންނަށް ތަފާތު ޓްރެއިނިން ޕްރޮގްރާމްތަކުގެ ފުރުސަތު ހޯދައި ދިނުމާއެކު ފުޓުބޯޅަ ކޯޗުން ތަމުރީނު ކުރުމުގެ ފުރުސަތު ހުޅުވައިދޭނެ އެވެ. މީގެ އިތުރުން އިގުތިސޯދާއި ފަތުރުވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓްތައް ވެސް ރާއްޖެއަށް ހޯދައި ދޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.