އަލީ ހަމީދާބެހޭ ޖަވާބަކީ ނާޒިމް މައްސަލަ ނިމޭނެ ގޮތް!

އަލީ ހަމީދުގެ މައްސަލަ ތަހުގީގާއި ޝަރީއަތު ނިމިގެންދިޔަ ގޮތާ ގުޅުވައި އެއީ ވަރަށް ސާފު ޒާތީ މައްސަލައެއްގެ ގޮތަށް ރައީސް މުހައްމަދު ނަޝީދު ސިފަ ކުރެއްވުމުގެ މާނައަކީ ނާޒިމްގެ މައްސަލަ ނިމިގެން ދާނީ ވެސް ހަމަ އެ މަގަށެވެ. ގިނަ ބައިވަރު މީހުން ގަބޫލު ކުރާ ގޮތުގައި ނާޒިމްގެ މައްސަ ނިމިގެން ދާނީ އަލަމްގިރި ވީޑިއޯ އިން ފެންނަނީ ނާޒިމްކަން ކަށަވަރެއް ނުވެއެވެ. އޭނާ އާއި މެދު ފިޔަވަޅެއް އަޅާކަށް ނުފެނެ އެވެ.

ރައީސް މުހައްމަދު ނަޝީދު: ދެ މީހަކަށް ނިސްބަތްވާ އެއް ކަމެއްގައި ދެގޮތަކަށް ވާހަކަ ބަދަލު ކުރެއްވި -- ފޮޓޯ: މަޖިލިސް

ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ކަމަށް ބެލެވޭ މީހަކު ހިލޭ އަންހެނަކާއެކު ޖީންސީ އަމަލު ހިންގާ ބަރަހަނާ ވީޑިއޯތަކެއް އާންމުވި ދުވަސްވަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަލީ ހަމީދަށް ނިސްބަތް ކުރައްވާ އެތައް ތަނެއްގައި ވާހަކަފުޅު ދައްކަވާ އޭރު މަޝްހުރުވި "ހދ ޖނގޔ" އިން ޖޯކް ޖައްސަވާފައި ވެއެވެ. އެފަދައިން ދެއްކި އެއް ވާހަކަފުޅެއްގައި އެފަދަ ބަދު އަހުލާގީ، ޒިނޭގެ އަމަލަކީ ހުތުރު ކަމެއް ކަމަށާއި އެފަދަ ކަމެއް ކުރެވުމުން އަދި އެކަން އެނގުމުން އެންމެން އެކަމާ ލަަދުން ވެސް އުޅޭކަމަށް ވިދާޅުވެ އާޑައަށް ވާ ގޮތަށް ވާހަކަފުޅު ދައްކަވަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކްޓް ހޯދަން އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބުރާ) ބޭއްވި ކެމްޕޭން އެއްވުމެއްގައި ބައިވެރި ވަޑައިގެން ނަޝީދު ދެއްކެވި އެފަދަ ވާހަކަފުޅެއްގެ ވީޑިއޯ މިހާރުވެސް ޓްރެންޑިންގައި އެބައޮތެވެ. އޭގައި "ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޒިނޭކުރާ މަންޒަރުގެ ވީޑިއޯއެއް މުޅި ރާއްޖެއަށް ފެންނަތާ އަހަރެއް ވެއްޖެ" އޭގެ ބާރަށް ވިދާޅުވެ އެވެ.

ނާޒިމް އަބްދުއް ސައްތާރު: އޭނާގެ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު ޕޯސްޕޯޓް ވަނީ ހިފަހައްޓާފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު


އަލީ ހަމީދު ކަމަށް ބެލެވޭ މީހަކު ސްރީލަންކާގެ ހޮޓަލެއްގައި ރަޝިއާގެ ކުލީ އަންހެނަކާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތިވެ ވީޑިއޯތަކެއް އާންމުވުމުން އެ މައްސަލަ ފުލުހުން ބަލަން ފެށީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. އެކަމެއް ހިނގާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރި ކަމުގައި "ސަރުކާރު ބްލެކްމެއިލް އެޖެންޑާ" އެއްގެ ތެރެއިން ކަމަށް ބުނެ އެވެ.

އެ ވާހަކަ އޮބިގެން ދިޔައީ ވީޑިއޯ އިން ފެންނަނީ އަލީ ހަމީދު ކަން ކަށަވަރު ކުރަން ފޮޓޯ އެއް ނެގުމުގެ ހުއްދަ އަލީ ހަމީދު ނުދެއްވުމުންނެވެ. އެ ވީޑިއޯގެ މައްސަލަ ޖޭއެސްސީން ވެސް އެ ދުވަސްވަރު ބެލި އެވެ. ނަމަވެސް ޖޭއެސްސީން ނިންމީ ވީޑިއޯ އިން ފެންނަނީ އަލީ ހަމީދުކަން ކަށަވަރެއް ނުވެއެވެ. އޭނާ އާއި މެދު ފިޔަވަޅެއް އަޅާކަށް ވެސް ނުފެނެ އެވެ.

ނަމަވެސް ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ތުހުމަތުވާ މީހަކު ފިރިހެން ބަންގާޅީއަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވާ މައްސަލަ ފަޅާ އެރުމުން ނަޝީދު މަސައްކަތް ކުރެއްވީ ނާޒިމް ދިފާއުކޮށް ފޮރުވާށެވެ. އަދި އެއީ ސަރުކާރައި ފުލުހުންގެ ބަޔަކު ރާވައިގެން "ކުރި ގަތުލެއް" ގެ ގޮތުގައި ސިފަ ކުރައްވާ ކޯފާ އިސް ކުރެއްވި އެވެ. އިދިކޮޅު ޕާޓީގެ މެންބަރުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ގެންދިއުމުން ވެސް ރައީސް ނަޝީދު މައްސަލަ އެއްލައިލެއްވީ އެވެ.

މަޖިލީހުގައި އެގޮތަށް އަމަލު ކުރެއްވުމަށް ފަހު ވިދާޅުވި އެވެ: "އަޅުގަނޑު ދެކޭގޮތުގައި ފޮޓޯއެއްގެ ޗެއިން އޮފް ކަސްޓަޑީ ނުވަތަ އެފޮޓޯ އުފެދިފައި އޮތް ގޮތާއި އުފެދިފައި އޮތް ހަމަތައް ދެނެ ނުގަނެ އެހެން މީހެއްގެ އަބުރާއި އިއްޒަތައް ގެއްލުން ލިބޭ ގޮތަށް އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި މި ރާއްޖޭގެ އުސޫލުތަކާއި ހަމަތަކާއި އާދަކާދަތައް ޖާގަދޭ ކަމެއް ނޫން."

ކުރީގެ ފަނޑިޔާރު އަލީ ހަމީދު

އިނގިރޭސި ޔުނިވާސިޓީއެއްގައި ޔަމަންގެ މޮޑިއުލަކުން އަރަބިކަލާމް ކިޔަވާ ވިދާޅު، ޓްވިޓާގައި މީހުނާ ގިނައިން ދިމާ ކުރައްވާ ކޮއްކޯފުޅު ނާޒިމްގެ މައްސަލަ އާއި ޖެހުމުން ރައީސް ނަޝީދަށް މީގެ ކުރީން އަލީ ހަމީދުގެ މައްސަލާގައި ދެއްކެވިފައިވާ ޒާތީ ވާހަކަތަކުގެ މަތީ ހަނދުމަފުޅުވެ ވަޑައެއް ނުގަތެވެ. އަދި އެކަން އެއީ ގޯސް ކަމަކަށް ވެސް ނުވި އެވެ. އެކަން އެހެން އޮއްވާ އެ މަނިކުފާނުގެ "އާސްކް ސްޕޯކާ" ސީރީޒްގެ ރޭގެ އެޕިސޯޑްގައި ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތުވި "ފިލްމާ" ގުޅިގެން އޭނާއަށް ނިސްބަތްކޮށް "ޒާތީ" ވާހަކަތައް ދައްކަވާފައި ނުވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ހަމަ އެކަނި އެހެން ވިދާޅުވީއެއް ނޫނެވެ؛ ރައީސް ނަޝީދުގެ ވާހަކަފުޅު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ކުރިން ދެއްކެވި ވާހަކަފުޅު ބަދަލު ކުރައްވާ ރޭ ދެއްކެވި ވާހަކަފުޅުން ދެއްވި މެސަޖަކީ ކޮއްކޯފުޅު ނާޒިމަށް ތުހުމަތުވާ މައްސަލަ ވެސް ނިމިގެން ދާނީ އަލީ ހަމިދުގެ މައްސަލަ ވެސް ނިމިގެން ދިޔަ މަގުން ކަމެވެ.

ފަނޑިޔާރު އަލީ ހަމީދު ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ވީޑިއޯތަކެއް އާންމުވި ދުވަސްވަރު ނަޝީދު ދެއްކެވި ވާހަކަތަކާއި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ވީޑިއޯތަކެއް އާންމުވުމުން ގެންގުޅުއްވާ ރާގު ތަފާތު ބޮޑު ކަމަށް ބުނެ އާންމު މީހަކު ރޭ ނަޝީދަށް އެކަން ފާހަގަކޮށް ދިނެވެ. އަދި ހަނދާން އާކޮށް ދިނެވެ. އެ ތަފާތު އައީ މިފަހަރު މައްސަލަ ދިމާވީ ކޮއްކޯފުޅަށް ތުހުމަތު ވުމުންތޯ ވެސް ސުވާލު ކުރި އެވެ.

އެ ސުވާލާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ދެކެ ވަޑައިގަންނަވަ ގޮތަކީ އެފަދަ ކަންކަމަކީ ޒާތީ ކަންކަމެވެ.
އަދި އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހުންގެ އެފަދަ ޒާތީ ވާހަކަތައް ދައްކަވާ ބޭފުޅެއް ނޫނެވެ. ދެން ވިދާޅުވީ "އަލީ ހަމީދުގެ މައްސަލަ ވަރަށް ސާފެ" ވެ.

"ހަގީގަތުގަައި އެއީ އަލީ ހަމީދުގެ މައްސަލައެއް ނޫން ކަމަށް ވަރަށް ބޮޑަށް ސާފުވޭ ޝަރީއަތުންނާއެކުގައި. އަދި ތަހުގީގުންނާ އެކުގައި، ބަރަހަނާ ވީޑިއޯ އާންމުވުން ފަދަ ކަންކަމަކީ މީހުންނާ ގުޅޭ ވަރަށް ޒާތީ ކަންކަން" ނަޝީދު ރޭ ވިދާޅުވި އެވެ.

ރައީސް ނަޝީދު ރޭ ވާހަކަފުޅު ފުރޮޅައިލެއްވުމުން، އަލީ ހަމީދުގެ މައްސަލަ ތަހުގީގާއި ޝަރީއަތު ނިމިގެންދިޔަ ގޮތާ ގުޅުވައި އެއީ ވަރަށް ސާފު ޒާތީ މައްސަލައެއްގެ ގޮތުގައި ނަޝީދު ސިފަ ކުރެއްވުމުގެ މާނައެއް ކަމަށް ގިނަ ބަޔަކު ރޭ ދުށީ ނާޒިމްގެ މައްސަލަ ނިމިގެން ދާނީ ވެސް ހަމަ އެ މަގަށް ކަމެވެ. ނާޒިމްގެ މައްސަ ނިމިގެން ދާނީ ވީޑިއޯ އިން ފެންނަނީ ނާޒިމްކަން ކަށަވަރު ނުވެއެވެ. އޭނާ އާއި މެދު ފިޔަވަޅެއް އަޅާކަށް ނުފެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.