ދުންފަތް ވިއްކާ މީހުނަށް އެޗްޕީއޭއިން ގާނޫނު ހަނދާކޮށްދީފި

ދުންފަތުގެ ބާވަތްތައް ވިއްކާއިރު، އިންޒާރުގެ ނޯޓިސް ޖަހަން ޖހެ އެވެ. އަދި ގަވައިދުގައިވާ ބަޔާންކުރާ މިންގަނޑާ ހިލާފަށް ސިނގިރޭޓު ވިއްކުން 2019 ވަނަ އަހަރުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރަމުންދާތީ އެޗްޕީއޭ އިން އެކަން ހަނދާންކޮށް އިންޒާރު ދީފި އެވެ.

ދުންފަތުގެ އެއްވެސް ބާވަތެއް، ދުންފަތުގެ ވިޔަފާރި އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އަމަލު އެއްވެސް މިންވަރަކަށް އެއްވެސް ތަނެެއްގައި އެއްވެސް ގޮތަކަށް އިޝްތިހާރުކޮށް، ޕްރޮމޯޓް ކުރުމަކީ ގާނޫނީ ކުށެކެވެ.

އެޗްޕީއޭއިން ބުނީ ފަހަކަށް އައިސް ދުންފަތުގެ ވިޔަފާރި ކުރުމުގައި ގާނޫނުގައި ބުނާ ކަން ކަމަށް ސަމާލުކަން ނުދޭ ކަމަށާއި ދުންފަތުގެ ބާވަތްތައް، ތަފާތު ގޮތް ގޮތަށް ސޯޝަލް މީޑިއާގައި ފުޅާ ދާއިރާގައި އިޝްތިހާރު ކުރަމުން ގެންދާ ކަމަށެވެ. އެފަދަ ބައެއް އިޝްތިހާރުގައި އެ ވިއްކާ ތަކެތީގައި ދުންފަތް ނުހިމެނޭ ކަމަށް ބުނާއިރު ދުންފަތުގެ އެއް ބާވަތް، އަނެއް ބާވަތަށް ވުރެ ރައްކާތެރިކަމަށް ބުނާ އިސްތިހާރާއި ލިބޭ ސިއްހީ ގެއްލުން ކުޑަކަމާއި ގެއްލުން ނުވާ ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ އިސްތިހާރު ވެސް ހިމެނޭ ކަމަށެވެ.

އެޗްޕީއޭ ބުނީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ވިޔަފާރިކުރާ މީހުންނާއި އާއްމު ރައްޔިތުން، އެ ގާނޫނަށް އަހުލުވެރިކުރުމަށް ކަންތައްތަކެއް ހަނދާންކޮށްދޭ ކަމަށާއި އެ ގޮތުން ދުންފަތާއި ދުންފަތުން އުފައްދާ އެއްވެސް މާއްދާއެއްގެ އެއްވެސް މިންވަރެއް ހިމެނޭ އެއްޗަކީ ދުންފަތުގެ ބާވަތް ކަމާއި ޝީޝާ ދުންފަތާއި ހީޓެޑް ޓޮބޭކޯ އާއި ވޭޕް އާއި އީ-ސިނގިރޭޓުގެ ހުރިހާ ބާވަތަކީ ވެސް ދުންފަތްކަން ވަނީ ހަނދާކޮށްދީފަ އެވެ.

ދުންފަތުގެ ބާވަތްތައް ވިއްކާއިރު، އިންޒާރުގެ ނޯޓިސް ޖަހަން ޖހެ އެވެ. އަދި ގަވައިދުގައިވާ ބަޔާންކުރާ މިންގަނޑާ ހިލާފަށް ސިނގިރޭޓު ވިއްކުން 2019 ވަނަ އަހަރުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.