އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލްކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލައިގައި ހިންގަމުންދާ ތަހުގީގުގެ ތެރެއިން އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން --

ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ'' ސްކީމަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުތަކާ ގުޅިގެން ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލައިގައި ހިންގަމުންދާ ތަހުގީގުގެ ތެރެއިން އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އެ އަމުރު ބާތިލުކޮށްދިނުމަށް އެދި އަކްރަމް ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކޮށްފަ އެވެ. ހައިކޯޓުގެ ރަޖިސްޓްރާ އެންމެ ފުރަތަމަ ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ރަޖިސްޓްރާގެ ނިންމުމުގައި ވަނީ އެއީ ދަށު ކޯޓުގައި ބަހުސްކޮށް މުރާޖައާ ކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

ނަމަވެސް އަކްރަމްގެ ފަރާތުން ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށްދިނުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން، މައްސަލަ ބަލަން ނިންމި އެވެ. 

މައްސަލަ ބެލުމަށްފަހު އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ.

އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު އާރިފުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ވެސް ވަނީ ބާތިލުކޮށްފަ އެވެ.

އަކްރަމް އާއި އާރިފަކީ އޭރުގެ ސަރުކާރުން ހިންގި "ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ'' ސްކީމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި ދެ ބޭފުޅުންނެވެ.

ގޯއްޗާއި ފްލެޓްތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް އޭސީސީން ފެށީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަމުރަކަށެވެ. އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.