ފުލުހުން ބުނީ މި ދޯނި ގައްދޫން ފުރާފައި ވަނީ ރޭ 8:00 އެކާކަށްހާއިރު ކަމަށެވެ. ދޯނީގައި ތިބީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
ފަސް މީހުންނާއެކު ގދ. ގައްދޫ އިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ މި ދޯނި ގައްދޫން ފުރާފައި ވަނީ ރޭ 8:00 އެކާކަށްހާއިރު ކަމަށެވެ. ދޯނީގައި ތިބީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
ފުލުހުން ބުނީ ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު ދަންވަރު 2:40 ގައި ކަމަށެވެ.
"އެއިރު ކެޕްޓަން ވިދާޅުވެފައި ވަނީ ހުވަދޫ ކަނޑަށް ވަންނަން ކައިރިވެފައިވާ ކަމަށް. އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވޭ،" ފުލުހުން ބުންޏެވެ.
މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކުރުމާއެކު، އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑަށް މައުލޫމާތު ދީފައިވާ ކަމަށާއި، ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގައި ދިނުމަށް އެދިފަ އެވެ.