ސްޕެއިންގެ އެންމެ ބޮޑު ޓޫރިޒަމް ބްރޭންޑުން "ބާސެލޯ ނަސަންދުރަ" ހުޅުވައިފި

މިތަނުގައި ދުރާލާ ވިއްކާފައިވާ ސާވިސް އެޕާޓްމަންޓްތަކެއް ވެސް ހުރެ އެވެ. މި ތަންތަން ދުވަހު ކުއްޔަށް ލިބޭނެ އެވެ. އަދި ތިން ރެސްޓޯރެންޓާއި 126 ކޮޓަރި ހުރެ އެވެ.

ސްޕެއިންގެ ދެވަނައަށް އެންމެ ބޮޑު ޓޫރިޒަމް ބްރޭންޑް ކަމަށްވާ "ބާސެލޯ" އިން ހުޅުވި ހޮޓާ -- ބާސެލޯ

ސްޕެއިންގެ ދެވަނަ އަށް އެންމެ ބޮޑު ޓޫރިޒަމް ބްރޭންޑެއް ކަމަށްވާ "ބާސެލޯ" ގެ ނަމުގައި ރާއްޖޭގެ ނަސަންދުރަ ޕެލަސް ހޮޓެއް ހުޅުވައިިފި އެވެ. 

ނަސަންދުރަ ހުރި ބިމާއި އެބިމާ އިންވެގެން ހުރި ބިން އެއްކޮށް ނަގައި ތަރައްގީކޮށްފައިވަނީ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު މި ފޮރިން އިންވެސްޓްމަންޓް ހިދުމަތަށް ގެނެސްފައި މިވަނީ ގިނަ ދުވަސްތަކަށްފަހު އެވެ.

ސްޕެއިންގެ ބާސެލޯ ބްރޭންޑުގެ މި ހޮޓަލުގައި 126 ކޮޓަރި ހުރެ އެވެ. މީގެ އިތުރުން މި ތަން ތަރައްގީކޮށްފައިވަނީ ދުރާލާ ވިއްކި 118 ސާވިސް އެޕާޓްމަންޓާއެކުގަ އެވެ. އެ އެޕާޓްމަންޓްތައް ދުވަހަށް ކުއްޔަށް ވެސް ދޫކުރާނެ އެވެ. 

ރާއްޖޭގެ އެންމެ ތަނަވަސް ކޮންވެންޝަން ހޯލް

ބާސެލޯ ނަސަންދުރަ ހޮޓަލުގައި ތިން ރެސްޓޯރެންޓަކާއި ސްނެކް ބާއަކާއި ޝީޝާ ލައުންޖެއް ވެސް ހުރެ އެވެ. ގްރައުންޑް ފްލޯގައި ހުންނަ ލައުންޖް "ކެފޭ އަލިމަސް" ހާއްސަކޮށްފައިވަނީ ދުވަހު ބުފޭ ސްޓައިލްގެ ރެސްޓޯރެންޓެކެވެ. އަދި "ޑޮން" އަކީ ޗައިނީސް ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. މި ހޮޓަލުގައި ސްޕާ އާއި ހަ ލަގްޒަރީ ޓްރީޓްމަންޓް ރޫމްގެ އިތުރުން ވެލްނެސް އޭރިއާއެއް ހުރެ އެވެ. ހޮޓަލުގެ ފުރިހަމަ ވަސީލަތްތައް ގާއިމްކޮށްފައިވާ ފިޓްނަސް ސެންޓަރުން ހަދާފައިވަނީ ރާއްޖޭގެ ކަނޑުގެ ރީތި މަންޒަރު ފެންނާނެ ގޮތަކަށެވެ. މީގެ އިތުރުން މި ހޮޓަލަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ކޮންވެންޝަން ހޯލް ހުރި އިމާރާތެވެ. 

މައްސަލަ ބޮޑުވި މަޝްރޫއެއް

ކުރިން ރާއްޖޭގެ އެންމެ މަޝްހޫރު ހޮޓާ ހުރި ނަސަންދުރަ ޕެލަސް ހުރި ބިމުގައި ޒަމާނީ ހޮޓަލެއް އެޅުމުގެ މަސައްކަތް ހަވާލު ކުރީ 2015 ވަނަ އަހަރު އެވެ. މި މަސައްކަތް ހަވާލު ކުރީ އެންޕީއެޗް އިންވެސްޓްމެންޓް ކުންފުންޏާއެވެ. ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި މި ބިން ހަވާލު ކޮށްފައި ވަނީ އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖް ހުރި ބިމާއެކު 50 އަހަަރަށް، އަދި 99 އަހަރަށް މުއްދަތު އިތުރު ކުރެވޭ ގޮތަށެވެ. ނަމަވެސް މި ޕްރޮޖެކްޓް ދިނީ ޓޫރިޒަމް ގާނޫނާ ހިލާފަށް ކަމަށް ބުނެ އޭރުގެ އޮޑިޓަ ޖެނެރަލް މި އެއްބަސްވުމާމެދު އަލުން ގޮތެއް ނިންމަން ސަރުކާރަށް ލަފާ ދިނެވެ. އޭރުގެ އޮޑިޓަ ޖެނެރަލް ލަފާގައި ބުނެފައި ވަނީ ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކާ އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނަންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް އެއްބަސްވުމުގައި ނެތް ކަަމަށެވެ. ނަމަވެސް މި މަޝްރޫއު ހުއްޓުމެއް ނެތި ދިޔައީ ކުރިއަށެވެ. އެގޮތުން ފާއިތުވި އެމްޑީޕީ ސަރުކާރުގައިވެސް އެ މަޝްރޫއު ހުއްޓުވިފައިނުވެ އެވެ. 

ނަމަވެސް އެންމެފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވަނީ ވަރަށް އަވަހަށް ހުއްދަ ދިނުމާއެކު ނަސަންދުރަ ހުޅުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ބާސެލޯ ގްރޫޕް - ބާސެލޯ ގްރޫޕުގެ ވިޔަފާރި ފެށިފައިވަނީ 1931 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ މި ކުންފުނީގެ ޓޫރިޒަމް ވިޔަފާރިއެއް ފެށީ ސިމޯރނޭ ބަޒްލޯ އެވެ. މިއަދު ބާސެލޯ ގްރޫޕަކީ 22 ގައުމެއްގައި 245 އަށް ވުރެ ގިނަ ހޮޓަލާއި 54،000 އަށް ވުރެ ގިނަ ކޮޓަރި ހުންނަ ވަރުގަދަ އިންޓަގްރޭޓެޑް ޓޫރިޒަމް ގްރޫޕެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.