ރަޝީދުގެ ހަށިގަނޑު މާދަމާ ހެނދުނު އިންޑިއާއަށް ފޮނުވޭނެ: އެންއައިސީ

"މި" ނޫހާ ވާހަކަ ދައްކަމުން އެންއައިސީގެ އޮފިޝަލަކު ދެންމެ ވިދާޅުވީ ސިވިލްކޯޓްގެ ހުކުމާއެކު ވީހާވެސް އަވަހަށް އަބްދުﷲ ރަޝީދުގެ ހަށިގަނޑު ބޭރަށް ފޮނުވުމުގެ އިންތިޒާމް ފުލުހުންނާއި ގުޅިގެން ހަމަޖަސަން ފެށި ކަަމަށެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މާދަމާ ހެނދުނުގެ ވަގުތެއްގައި ރަޝީދުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލެވޭނެ ކަމަށެވެ.

އިއްޔެ މަރުވި އަބްދުﷲ ރަޝީދު: އޭނާ މަރުވި ސަބަބު ދެނަގަންނަން އޮޓޮޕްސީ ހަދަން ވަނީ ނިންމާފައި

ހޯޑެއްދޫ އިން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި އެ ރަށު އަބްދުﷲ ރަޝީދު (މާޓީ) މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު މާދަމާ ހެނދުނުގެ ވަގުތެއްގައި އިންޑިއާއަށް ފޮނުވާލެވޭނެ ކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިރޭ ބުނެފި އެވެ.

މާޓީ މަރުވީ ހައްޔަރުކުރިތާ ގިނަ އިރުތަކެއް ނުވަނީސް މެޔަށް ތަދެއް އަރައިގެންނެވެ. މެޔަށް ތަދެއް އެރުމުން ފަރުވާއަށް އެދުނު ނަމަވެސް ފަރުވާ ދިނުމަށް ފުލުހުން އިންކާރު ކުރި ކަމަށް އާއިލާއިން ބުނެއެވެ. އެ ތުހުމަތުތަކާއި ގުޅިގެން ރަޝީދުގެ ހަށިގަނޑު ބާއްވާފައި އޮތީ އިންޑިއާއަށް ފޮނުވާ ޕޯސްޓްމޯޓަމް ހެދުމަށެވެ.

ނަމަވެސް އާއިލާއިން އެކަމާ ދެކޮޅު ހަދައެވެ. އާއިލާއިން ވަނީ ވީހާވެސް އަވަހަކަށް ރަޝީދުގެ ހަށިގަނޑު ވަޅުލައި ދިނުމަށް އެދިފައެވެ. އެކަމާ ފުލުހުން ދެކޮޅު ހެދުމުން ރަޝީދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދޭން އެދި ކޯޓަށް މައްސަލަ ހުށައެޅިއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓުން މިއަދު ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަަމަށް ކަނޑައަޅާފައެވެ. ހުކުމްގައި ބުނެފައިވަނީ އެފަދަ އަމުރުމެއް ނެރެދެވެން ނެތީ ރަޝީދުގެ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަން ހެދުމުގެ އިހުތިޔާރު ފުލުހުން ލިބިގެންވާތީ ކަމަށެވެ.

"މި" ނޫހާ ވާހަކަ ދައްކަމުން އެންއައިސީގެ އޮފިޝަލަކު ދެންމެ ވިދާޅުވީ ސިވިލްކޯޓްގެ ހުކުމާއެކު ވީހާވެސް އަވަހަށް އަބްދުﷲ ރަޝީދުގެ ހަށިގަނޑު ބޭރަށް ފޮނުވުމުގެ އިންތިޒާމް ފުލުހުންނާއި ގުޅިގެން ހަމަޖަސަން ފެށި ކަަމަށެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މާދަމާ ހެނދުނުގެ ވަގުތެއްގައި ރަޝީދުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލެވޭނެ ކަމަށެވެ.

ޕޯސްޓްމޯޓަމަށް ފަހު ރަޝީދުގެ ހަށިގަނޑު މާލެ ގެނެސް ވަޅުލެވޭވަރު ވާނީ ކިހާތާކުތޯ ސުވާލުކުރުމުން އޮފިޝަލް ވިދާޅުވީ ހިނގަހިނގާ ހުރި ތަހުގީގަކަށް ވުމުން އެ މައުލޫމާތު މި ވަގުތު ދެވެން ނެތް ކަމަށެވެ.

ރަޝީދު، މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު މާދަމާ ހެނދުނުގެ ވަގުތެއްގައި އިންޑިއާއަށް ފޮނުވަން ނިންމާފައިވާއިރު އެކަން ހުއްޓުވަން ހައިކޯޓަށް ދާންވެސް އާއިލާއިން ވަނީ ނިންމާފައެވެ. އަބްދުﷲ ރަޝީދުގެ އާއިލާގެ ގާނޫނީ ވަކީލް މުހައްމަދު ރާގިބު "މި" ނޫހަށް ދެންމެ ވިދާޅުވީ ސިވިލްކޯޓްގެ ނިންމުން ގަބޫލު ނުކުރެވޭ ކަމަށާ އެހެން ކަމުން މައްސަލަ ހައިކޯޓަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މިރޭ އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.