މުހިންމު ގަވައިދެއް | ކައުންސިލް އިހްތިސާސުގައި ހުރިތަނެއް ނަގާނަމަ ބަދަލު ދޭނެ އުސޫލު

މި ގަވައިދުގައިވާ ގޮތުން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ އެތަނެއް ވެލުއޭޓް ކުރުމަށްފަހު ބަދަލު ދޭން ޖެހެ އެވެ. އަދި ބަދަލު ދިނުމުގައި އިންސްޓޯމަންޓް އުސޫލުން ފައިސާ ދެއްކުމާއި ބަދަލުގައި ބިމެއް ދެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެ އެވެ.

ބުޅާ ފެސިލިޓީ އެޅުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ : މި ގަަވައިދު ނެތުމުން ފެސިލިޓީ ނެގުމުގައި ބޮޑެތި އަރާރުންތަކެއް އުފެދުނު

ކައުންސިލުތަކުގެ އިހްތިސާސް ތެރޭގައިވާ ތަންތަނާއި މުދާ ހަވާލުކުރުމާއި އެ ތަންތަނުގައި ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު ބަޔާން ކުރާ ގަވައިދު އާއްމުކޮށްފި އެވެ. 

މި ގަވައިދަކީ ކައުންސިލުތަކުގެ އިހްތިސާސުގައި ހިމެންޭ ވަސީލަތްތަކެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލެއް ޤައުމީ އިދާރާއަކުން ހިންގަން ބޭނުންވާ  މަޝްރޫއެއް ހިންގުމަށްޓަކައި ނަގަން ބޭނުންވެއި ޖެހިއްޖެ ހިނދެއްގައި ދެފުށް ފެންނަ ހަމަހަމަ އުސޫލުތަކެއް މަތިން ގައުމީ އިދާރާއަށް ބަދަލު ކުރުމުގައި  ބަދަލުކުރުމުގައްި ޢަމަލުކުރާންެ އިޖުރާތްތައް ކަނޑައެޅުމެވެ. 

މި ގަވައިދު ހެދުމުގެ މަގުސަދު

  • ހަމަހަމަ އަދި އިންސާފުވެރި ބަދަލު ދިނުމަކާ ގުޅޫ އޮނިގަނޑެއް ގާއިމް ކުރުން
  • ގާނޫނާއި ގަވައިދުތައް ތައާރަޒު ނުވާނެކަން ޔަގީން ކުރެވޭ ގޮތުގެ މަތިން ބަދަލު ދިނުމުގެ އިޖުރާތުތައް ފުރިހަމަ ކުރުން
  • ބަދަލު ދިނުމާއި ވެލުއޭޝަން ހެދުމާއި މަޝްވަރާ ދިމާވާ މައްސަލަތައް ހައްލު ކުރާނެ އުސޫލު ބަޔާން ކުރުން
  • ގާނޫނީ އިދާރާއަކުން މަޝްރޫއެއް ހިންގަން ބޭނުންނަމަ އިންވެސްޓްމަންޓެއް ކޮށްފައި ނުވާ ތަންތަނާއި މުދާ ހަވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލު ބަޔާން ކުރުން

މި ގަވައިދުގައިވާ ގޮތުން ކައުންސިލްގެ އިހްތިސާސުގައި ހުރިތަނެއް ގައުމީ އިދާރާއަށް ނަގާނީ ކައުންސިލާއި އެ އިދާރާއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. 

ގަވައިދުގައި ވަރަށް ތަފުސީލްކޮށް ކައުންސިލްގެ މުދަލެއް ނުވަތަ އިންވެސްޓްމަންޓެއް ގައުމީ އިދާރާއަކަށް ނަގާނަމަ ބަދަލު ދޭން ޖެހޭނެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. މިގޮތުން އެތަނެއްގައި އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ އިންވެސްޓްމަންޓުގެ އަގު އަދާ ކުރަން ޖެހެ އެވެ. މި ގޮތުން އެއް ފަހަރާ އިންވެސްޓްމަންޓުގެ އަގު އަދާ ކުރުމާއި ބަހާލައިގެން އިންވެސްޓްމަންޓުގެ އަގު ދިނުން އަދި ފައިސާއިން އިންވެސްޓްމަންޓަށް ބަދަލު ދިނުމުގެ ބަދަލުގައި ދައުލަތުގެ އެހެން ބިމެއް އެ ކައުންސިލަށްދޭން ޖެހޭނެ ކަމަށް ބަޔާންކޮށްގައިވެ އެވެ. މީގެ އިތުރުން ބަދަލު ދިނުމުގައި އުފެދޭ ހިޔާލުތަފާތުވުން ހައްލުކުރާނެ ގޮތްތައްވެސް ބަޔާން ކޮށްފައިވެ އެވެ.

ކައުންސިލްގެ އިހްތިސާސުގައި ހުރި މުދަށް ބަދަލު ދިނުމުގައި އަމަލު ކުރާނެ އުސޫލެއް ނެރެފައިވާއިރު ދާދިފަހުން ވަނީ މިފަދަ ބޮޑު މައްސަލައެއް ކުރިމަތިވެ އެވެ. އެއީ މާލެ ސިޓީ ކައުންސިލުން ހަރަދުކޮށްގެން ހުޅުމާލޭގައި ހެދި ބުޅާ ފެސިލިޓީ މިނިސްޓްރީއަށް ނަގަން ޖެހުމުން ކުރިމަތިވި މައްސަލައެއް އެފަދަ މިފަދަ ގަވައިދެއް ނެތުމުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވި އެވެ. އަދި ސިޓީ ކައުންސިލުން ބަދަލު ދީފައި ނަގަން އެދުނުނަމަވެސް އެފަދަ އުސޫލެއް ނެތުމުން ބޮޑެތި އަރާރުންތަކެއް ކުރިމަތިވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.