މުލީ އެއާޕޯޓުގެ ރަންވޭއަކީ 1،200 މީޓަރު ފުޅާ 30 މީޓަރު ދިގު ރަންވޭ އެކެވެ. މި މަޝްރޫއަށް ސަރުކާރުން ޖުމްލަ 300 މިލިއަން ރުފިޔާ ހޭދުކުރި އެވެ.
މީމު އަތޮޅުގައި ހެދި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު ހުޅުވުމުގެ ތައްޔާރީތައްވުމުގެ ގޮތުން ޓެސްޓް ފްލައިޓެއް މިއަދު ޖައްސައިފި އެވެ.
ސަރުކާރު ކުންފުނި އެމްޓީސީސީ އިން ތަރައްގީ ކުރި މުލީ އެއާޕޯޓަށް މިއަދު ފުރަތަމަ ޓެސްޓް ފްލައިޓުގެ ގޮތުގައި ޖެއްސީ މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓެކެވެ.
މުލީ އެއާޕޯޓްއަކީ މިދިޔަ ސަރުކާރުން 2022 ވަނަ އަހަރު ފެށި މަސައްކަތެކެވެ. މުލީ އެއާޕޯޓުގެ ރަންވޭއަކީ 1،200 މީޓަރު ފުޅާ 30 މީޓަރު ދިގު ރަންވޭ އެކެވެ. މި މަޝްރޫއަށް ސަރުކާރުން ޖުމްލަ 300 މިލިއަން ރުފިޔާ ހޭދުކުރި އެވެ،
މުލީ އެއާޕޯޓް ހުޅުވަން ނިންމާފައިވަނީ އަންނަ މަހު އެވެ.