ވެއްޓުނު ޒުވާނާއާއެކު އުޅުނު އެންމެންގެ ޕާސްޕޯޓް ހިފަހައްޓައިފި

މިހާރު ކޯޓު އަމުރެއްގެ ދަށުން ދެން ހިމެނޭ ހަ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާނެ ކަމަށް ވިދާޅުވެ، އެ ފަރާތްތަކުގެ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ.

ކޮމިޝަނާ އޮޕް ޕޮލިސް އަލީ ޝުޖާއު --

މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ޒުވާން އަންހެނަކު ފުރާޅެއްގެ މައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއާއެކު އެރޭ އުޅުނު އެންމެންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

މި ހާދިސާ ހިނގުމުގެ ކުރިން އަށް މީހަކު ވަނީ އެރޭ މއ. މާންދޫގޭދެކުނު ގޭގައި މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފަ އެވެ. ޕާޓީއަށްފަހު އެރޭ ދަންވަރު އެމީހުން އެގެއިން ނުކުމެ، އަންހެން ކުއްޖާ ވެއްޓުނު ގެއަށް ދިޔައީ އެކުއްޖާ އާއި އިތުރު ޒުވާނެކެވެ.

ފުރާޅު މައްޗަށް ވެއްޓިފައި ވަނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ފުރާޅު މައްޗަށް ފެއްޓުނީ ފެންޓެނޯއީ ގޭގެ ފެންލައިޓުންނެވެ. ޔުމްނު ވެއްޓުނުއިރު އޭނާއާއެކު އެގޭތެރޭގައި އުޅުނީ ރައުދު އަހުމަދު ޒިލާލް، 21 އެވެ.

މި ހާދިސާއާ ގުޅިގެން މީގެ ކުރިން ރައުދުގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ. ނަމަވެސް އޭރު މާންދޫގޭދެކުނު ގޭގައި ޕާޓީ ކުރި އެކަކަށް ވެސް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. 

މިކަމުގެ ފެށުމަކީ މަސްތުވާތަކެއްޗާއެކު ކުރި ޕާޓީ ކަމަށްވާއިރު، އެކަމާ ގުޅިގެން ފިޔަވަޅެއް ނާޅާތީ އާންމު ދިޔައީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ. ފިޔަވަޅު ނާޅަނީ ސިޔާސީ ބޭފުޅުން ގުޅުން އޮތް ބަޔަކަށްވާތީ ހިމާޔަތް ކުރަން ކަމަށް އާންމުން ދިޔައީ ބުނަމުންނެވެ.

މި ހާދިސާއާ ގުޅިގެން އާންމުންގެ ފަރާތުން އެތައް ސުވާލުތަކެއް އަމާޒުވެފައި ވަނިކޮށް މިއަދު ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މި މައްސަލައިގައި އެއްވެސް މީހަކާ މެދު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށެވެ. 

މިހާރު ކޯޓު އަމުރެއްގެ ދަށުން ދެން ހިމެނޭ ހަ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާނެ ކަމަށް ވިދާޅުވެ، އެ ފަރާތްތަކުގެ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ.

އެއީ؛

  •  އައިޝަތު ލަޔާލީ އިގްބާލް، 22
  •  އިޒްދިޔާން މުހައްމަދު މައުމޫން، 28
  •  ހުސެއިން ހަމީސް އަލީ، 28
  •  އިޖާޒް ޖާއިޒް، 24
  •  އައިމިނަތު ޖުނައިނާ ޖަމްޝީދު، 24
  •  ޔޫސުފް ޔައްސާރް އަބްދުލްގަފޫރު، 28
  •  ޔޫސުފް އަހުމަދު އަކްރަމް

ޝުޖާއު ވިދާޅުވީ މާންދޫގޭ ދެކުނު ބައިގައި ހިނގައި ދިޔަ ކަންކަން ދެނެގަތުމަށް ވަކި ތަހުގީގެއް ހިންގާނެ ކަމަށެވެ. މި މައްސަލައިގައި ފުލުހުންގެ ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އަދި ނެތް ވަސީލަތެއް ނަމަ ރާއްޖޭން ބޭރަށް ފޮނުވައިގެން ވެސް ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މި މައްސަލައިގައި އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ފެންޓެނޯއީ ގޭ ބޭރުގަ އާއި އެގޭ ތެރޭގައި ޔުމްނު އާއި ރައުދު އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް ވެސް ފުލުހުން މިއަދު ވަނީ ދައްކާފަ އެވެ. ފުޓޭޖުތަކަށް ބަލާއިރު ޔުމްނު ވެއްޓޭއިރު ރައުދު އުޅެނީ ސިޑިމަތީގައި އޭނާ ގެއްލިގެންނެވެ. ވެއްޓޭ މަންޒަރު ފެންނަ އެއްވެސް ފުޓޭޖެއް ނެތެވެ.

ޕާޓީ ކުރި މީހުންގެ ތެރެއިން ރައީސް ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު، މުސާރަ ނުލިބޭ ގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.