ޑިވްލޮޕްމަންޓް ބޭންކުގެ ބޯޑު މެންބަރު އަހުމަދު އަލީ އިސްތިއުފާ ދެއްވައިފި

އަހުމަދު އަލީ އިސްތިއުފާ ދެއްވިއިރު މިދިޔަ މަހު އެ ބޭންކުގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ޑީބީއެމްގެ ބޯޑް މެންބަރުކަމުން އިސްތިއުފާ ދެއްވި އަހުމަދު އަލީ

ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވްލޮޕްމަންޓް ބޭންކް، ޑިވްލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ބޯޑު މެންބަރުކަމުން މއ. ވޭސަިއޑް 805 ފްލެޓް، އަލްފާޟިލް އަޙްމަދު ޢަލީ އިސްތިއުފާ ދެއްވައިފި އެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕީސީބީއިން ބުނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑު މެންބަރުކަމުގެ މަޤާމުގައި ހުންނެވި މއ. ވޭސަިއޑް 805 ފްލެޓް، އަލްފާޟިލް އަޙްމަދު ޢަލީ، 23 އޭޕްރީލް 2025 ގައި އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަނީ ވަކި ކުރެވިފައެވެ.

އަހުމަދު އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

ޑިވްލޮޕްމަންޓް ބޭންކުން އިސްތިއުފާ ދެއްވި އަހުމަދު އަލީއަކީ މީރާގެ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަހްމަދު ވަނީ އިސްލާމިކް ބޭންކުގެ ބޯޑް މެންބަރު ކަމާއި އެސްއެންޑްއޭ ލޯޔާސް އެލްއެލްޕީގެ ސީނިއާ ޕާޓްނަރު ޓެކްސްގެ މަގާމު ވެސް ފުރުއްވާފަ އެވެ. ފީފާ އިން މި ފަހުން އެކުލަވާލި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޯމަލައިޒޭޝަން ކޮމިޓީގައި ވެސް އަހްމަދު ހިމެނިވަޑައިގަންނަވަ އެވެ. އަހްމަދު އަލީ ވަނީ އެކައުންޓިން ޑިގްރީ ހާސިލު ކުރައްވާފަ އެވެ. އަދި ޝަރިއާ އިން ލޯ އިން ބެޗެލާސް ހާސިލު ކުރައްވާފަ އެވެ. މާސްޓާސް ހެއްދެވީ ސައިންސް އިން ފައިނޭންސިންގެ ދާއިރާ އިންނެވެ.

އަހުމަދު އިސްތިއުފާ ދެއްވިއިރު، ޑިވެލޮޕްމަންޓް ބޭންކުގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން ޑިވްލޮޕްމަންޓް ބޭންކު އުފައްދައި އޭގެ ނަތީޖާ ނެރޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.