އަލަމްގީރު ކޭސް: ކަސްޓަމް މީހާ ތިން މަހަށް ޖަލަށް

ރިޔާޒަކީވެސް، ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއެކު ވަކި ވަކީން އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް އާންމު އިއުތިރާފެއް ވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު ގުޅުން ހިންގި މީހެކެވެ.

އެމްޑީ އަލަމްގީރު: ދިވެހީން ހިމެނޭހެން ގިނަ ބަޔަކު އޭނާއާ ޖިންސީ ގުޅުން ހިންގި

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދަފްތަރު ނަންބަރު ރސ 4549، މުހައްމަދު ރިޔާޒް ތިން މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވައިފި އެވެ.

ރިޔާޒަކީވެސް، ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއެކު ވަކި ވަކީން އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް އާންމު އިއުތިރާފެއް ވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު ގުޅުން ހިންގި މީހެކެވެ.

އޭނާގެ މައްޗަށް އިއްވީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުުކުމްގައި ބުނެފައިވަނީ މަހްމޫދު ރިޔާޒުގެ މައްޗަށް ދައުލަތުން ދައުވާކުރި އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ ކުށުގެ ދައާވާއަށް މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގަޔާއި އަވަސް ނިޔާގެ އަޑުއެހުމުގައި އޭނާ އިއުތިރާފު ވެފައިވާ ކަމަށެވެ. އެހެން ކަމުން އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުން މަހްމޫދު ރިޔާޒު ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.

އަދޮ މި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް މަހުމޫދު ރިޔާޒް ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބަކީ ހަ މަހާއި 20 ދުވަހުގެ މުއްދަތުގެ އަދަބެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އަދަބު ލުއިކޮށް މި މުއްދަތުގެ ތެރެއިން ތިން މަހާއި 10 ދުވަހަކީ ޖަލު ހުކުމެއްގެ ގޮތުގައި ތަންފީޒުކު ރަންޖެހޭ މުއްދަތެއް ކަމަށާއި ބާކީ ހަ މަހާއި 20 ދުވަހަކީ ގޭ ބަންދުގެ މުއްދަތެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.