ޓޫރިޒަމް ތަރައްގީ ކުރަން ބިޑަކާ ނުލައި 10 ތަނެއް ހަވާލުކޮށްފި

މިނިސްޓަރު ތޯރިގު ވިދާޅުވި ގޮތުގައި ކްލޯޒް ބިޑިން އުސޫލުން 10 ތަނެއް އަދި ކްރޮސް ސަބްސިޑީ އުސޫލުން ތިން ތަނެއް ޓޫރިޒަމް ފައްކާ ކުރަން ވަނީ ހަވާލު ކުރެވިފަ އެވެ. މީގެ އިތުރުން ބިޑްކޮށްގެން ތިން ތަނެއްގައި ރިސޯޓް ހަދަން ވަނީ ހުޅުވާލާފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ބިޑަކާ ނުލައި ޓޫރިޒަމް ތަރައްގީ ކުރަން ދެވޭ އުސޫލުން  10 ތަނެއްގައި ޓޫރިޒަމް ތަރައްގީ ކުރަން ހަވާލުކޮށްފި އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް އާއި ތިމާވެށީގެ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ކްލޯޒް ބިޑިން އުސޫލުން 10 ތަނެއް އަދި ކްރޮސް ސަބްސިޑީ އުސޫލުން ތިން ތަނެއް ޓޫރިޒަމް ފައްކާ ކުރަން ވަނީ ހަވާލު ކުރެވިފަ އެވެ. މީގެ އިތުރުން ބިޑްކޮށްގެން ތިން ތަނެއްގައި ރިސޯޓް ތަރައްގީ ކުރަން ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ބިޑް އުސޫލުން ތަރައްގީ ކުރަން ހުޅުވާލި ތަންތަނުގެ ތެރޭގައި ހއ. ކެލާގެ ފަޅާއި ކ. ކާށިދޫ ފަޅުގައި ރިސޯޓް ތަރައްގީ ކުރަން ހުޅުވާލާފައިވާ މަަޝްރޫއު ހިމެނޭ ކަމަށެވެ. 

ބިޑަކާ ނުލައި ޓޫރިޒަމަށް ބިން ދޫކުރުމަކީ 2015 ވަނަ އަހަރުން ފެށިގެން ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއެކު އަމަލު ކުރަމުން ދާ އުސޫކެވެ. މިދިޔަ ސަރުކާރުންވެސް މި އުސޫލުގެ ދަށުން ރަށްތަކެއް ދޫކޮށް ތަރައްގީ ކުރަމުން ގެންދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.