ރާއްޖޭގައި ހިންގަނީ ދިވެހި 65 ރިސޯޓު

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުގައި މިވަގުތު ދިވެހި ބްރޭންޑުގެ ގޮތުގައި ހިންގަނީ 65 ރިސޯޓެވެ. އަދި އިންޓަނޭޝަނަލް ބްރޭންޑުގެ އަދަދު އުޅެނީ 110 ގަ އެވެ.

އދ. އަތޮޅުގައި ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ ސެންޓާރާ އިން ހިންގާ ރިސޯޓެއް

ރާއްޖޭގައި ދިވެހި ބްރޭންޑުގެ ގޮތުގައި ހިންގަމުން ގެންދަނީ އެންމެ 65 ރިސޯޓް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. 

ސަތޭކަ ޕަސެންޓް ދިވެހިންގެ ވިޔަފާރިއެއްގެ ގޮތުގައި ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދައުރުގައި 1972 ވަނަ އަހަރު އުފެދިގެން އައި ދިވެހި ޓޫރިޒަމަށް 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުގައި މިވަގުތު ދިވެހި ބްރޭންޑުގެ ގޮތުގައި ރާއްޖޭގައި ހިންގަނީ އެންމެ 65 ރިސޯޓެވެ. އަދި އިންޓަނޭޝަނަލް ބްރޭންޑުގެ އަދަދު އުޅެނީ 110 ގަ އެވެ. 

އެ މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން ޓޫރިޒަމް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވެސް 156 ތަނެއްގައި ކުރިއަށްދެ އެވެ. އަދި މީގެތެރޭން 61 ތަނެއްގެ މަސައްކަތް އެކި ސަބަބުތަކާހުރެ ވަނީ ހުއްޓިފަ އެވެ. އަދި މި އަހަރުތެރޭގައި އެކަނި ޖުމްލަ 1290 އެނދު މާކެޓަށް ނެރޭނެ އެވެ. 

ރާއްޖޭގައި 2022 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުން ދައްކާ ގޮތުގައި ރިސޯޓްތަކުގައި ޖުމްލަ 52,396 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މީގެތެރޭގައި 36,707 ބިދޭސީ މުވައްޒަފުންނާއި 15,687 ދިވެހިން ހިމެނެ އެވެ. ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 45 ޕަސެންޓަކީ ދިވެހިންގެ ގޮތުގައި ގެންގުޅުމަކީ ގާނޫން ލާޒިމް ކަމެވެ. ނަމަވެސް މި މިންގަނޑުގައި ހިފައްޓާ ރިސޯޓްތަކުގެ އަދަދު މަދެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.