އިންޑިއާ ކްރިކެޓު ޓީމާއެކު އިސްތިހާރު ކުރަން ހެދި އެއްބަސްވުން މަޑު ޖައްސާލައިފި

މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ މުމްބާއީ އިންޑިއަންސް ކްރިކެޓް ޓީމާއި އެމްއެމްޕީއާރުސީން ހެދި އެއްބަސްވުމުގައި ހުރި މާލީ ކަންކަން އިތުރަށް ދިރާސާ ކުރަން ބޭނުންވާތީ މިވަގުތު އެ މަސައްކަތް މަޑު ޖައްސާލާފައިވާ ކަމަށެވެ.

ވިޒިޓް މޯލްޑިވްސްއާއެކު ކެމްޕޭނެއް ފެށި އިންޑިއާގެ އެންމެ މަޝްހޫރު އެއް ކްރިކެޓް ކްލަބް ކަމަށްވާ މުމްބާއީ އިންޑިއަންސް ކްރިކެޓް ޓީމު

އިންޑިއާގެ އެންމެ މަޝްހޫރު އަދި އެންމެ މުއްސަނދި ކްރިކެޓް ޓީމް ކަމަށްވާ މުމްބާއީ އިންޑިއަންސް ކްރިކެޓް ޓީމާއެކު ރާއްޖެ އިސްތިހާރު ކުރަން ހެދި އެއްބަސްވުން މަޑު ޖައްސާލައިފި އެވެ. 

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ މުމްބާއީ އިންޑިއަންސް ކްރިކެޓް ޓީމާއި އެމްއެމްޕީއާރުސީން ހެދި އެއްބަސްވުމުގައި ހުރި މާލީ ކަންކަން އިތުރަށް ދިރާސާ ކުރަން ބޭނުންވާތީ މިވަގުތު އެ މަސައްކަތް މަޑު ޖައްސާލާފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާގެ އެހެން ފަރާތްތަކާއެކު އެ ގައުމުގައި ރާއްޖެ އިސްތިހާރު ކުރުން ކުރި އަށް ދާނެ އެވެ. 

މިނިސްޓަރު ތޯރިގު ވިދާޅުވީ މިގޮތުން އިންޑިއާގެ މަޝްހޫރު ބައެއް ތަރިންނާއެކު ވަރަށް އަވަހަށް ރާއްޖެ އިސްތިހާރު ކުރުމުގެ ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ އެވެ. މިހާރު އިންޑިއާ މާކެޓުން ކުރިއެރުން ލިބެމުންދާކަން ވެސް ފާހަގަވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ޖެނުއަރީ މަހަށްވުރެ ފެބްރުއަރީ މަހު އިތުރުވި އަދި މާރިޗު މަހު ބޮޑުތަން އިތުރުވި. އެންމެ ގިނައިން އިންޑިއާއިން އައީ 2021 ގައި. މިދިޔަ އަހަރުގެ ކުއާޓަރު ވަންގައި ދަށްވި. މި އަހަރު ޕެޓާން ދައްކާ ގޮތުން މައްޗަށްދާނެ. އިރާދުކުރެއްވިއްޔާ ވަރަށް ރަނގަޅު،" މިނިސްޓަރު ވިދާޅުވި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އިންޑިއާ އޮތީ ޓޫރިޒަމްގެ ހަ ވަނާގަ އެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 38,850 ޓޫރިސްޓުން އައިސްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.